ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

މޫސުން ގޯސް: ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ، މިއަދުވެސް މެދުކެނޑުމެއްނެތި ކުރާނެ ކަމަށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

އެ އިދާރާއިން ވަނީ، މިއަދު ހެނދުނު 9:45 ކާއި މެންދުރުފަހު 3:30 އާއި ދޭތެރޭ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ އިދާރާއިން ވަނީ، އެ މުއްދަތުގައި، ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭ ވެހި، ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ މިންވަރަކަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައެވެ. މީގެ އިތުރަށް، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށާއި، ކަނޑުތައް ގަދަވުމާއެކު އުދަ އަރާނެ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވެއެވެ.

މޫސުން ގޯސްވުމުގެ ސަބަބުން އިއްޔެވެސް ވަނީ ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައެވެ. އެގޮތުން، މޫސުން ގޯސްވެ ކަނޑުގަދަވުމުގެ ސަބަބުން، ގދ. މަޑަވެލިން ދަތުރުކުރި ޑިންގީއެއް ގެއްލިގެން އިއްޔެ ރިޕޯޓް ކުރުމުން، ފުލުހުން ވަނީ އެ ޑިންގީ ހޯދާ، އޭގައި ތިބި މީހުން ސަލާމަތްކޮށްފައެވެ. އަދި، މި ޑިންގީ ހޯދަމުންދަނިކޮށް، ބެހިގެން އޮޔާދިޔަ އިތުރު ޑިންގީއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރަށް، މާލެ ސަރަހައްދަށް ވައިގަދަވެ، މާލޭގެ އިތުރަށް ހުޅުމާލޭގައިވެސް ވަނީ ތަފާތު އެތަކެއް ހާދިސާތަކެއް ހިނގާފައެވެ. އެގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައިހުރި ބަސްހުއްޓިއެއް، ވަޔާ އެއްލާލާފައިވާކަން ފާހަގަކުރެވެއެވެ. މީގެ އިތުރަށް، ވަޔާ، ގަސްތަކެއް ވެއްޓުމުގެ ސަބަބުން ސައިކަލުތަކަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެސް ވެއެވެ.

މޫސުން ގޯސްވުމާ ގުޅިގެން، ޚާއްޞަކޮށް ކަނޑުމަތީގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް، މޫސުމަށް ފަރުވާތެރިވެ، މޫސުން ގޯސްނަމަ ކަނޑުދަތުރު ނުކުރުމަށް، މޫސުމާބެހޭ ޤައުމީ އިދާރާގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުންވެސް އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ

އުތުރާއި މާލެ ސަރަޙައްދަށް ނުރައްކާތެރި މިންވަރަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

އަނެއްކާވެސް ރާއްޖޭގެ ވައި ނުސާފުވެ ޢާންމުން ސަމާލުވާން އެދިއްޖެ

ކުރިއަށް އޮތް ފަސް ދުވަހުވެސް ވައި ނުސާފުވާނެ: މެޓް އޮފީސް

TTH_advertisement