ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ވައިގަދަވެ މާލެއާއި ހުޅުމާލޭގައި ގަސްތައް ވެއްޓި ގެއްލުންތަކެއް

112

ވައިގަދަވެ މާލެއާއި ހުޅުމާލޭގައި ގަސްތައް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެ އައި ހުޅުމާލެއަށް ވައިގަދަވެ ބައެއް ގަސްތައް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.

މި ވިއްސާރައިގައި ގާތްގަނޑަކަށް 52 މޭލަށް ވައިގަދަވެފައި ވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުންޏެވެ.

ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ގަސްތައް ވެއްޓުމުގެ ސަބަބުން މަގުމަތީގައި ޕާކުކޮށްފައި ހުރި އުޅަނދުތަކަށާއި ޖަހާފައިހުރި ފެންސުތަކަށް އެކިވަރުގެ ގެެއްލުންތައް ލިބިފައިވެއެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ބަސް ސްޓޭންޑެއްވެސް ވަޔާ އެއްލާލާފައިވެއެވެ.

މާލޭގެ ބައެއް ސަރަހައްދުތަކުގައި ގަސް ވެއްޓުމާއި، ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގާފައިވެއެވެ. އެ ސަރަހައްދުތަކުގައި ފުލުހުންނާއި ގުޅުންހުރި އިދާރަތަކުން ވަނީ ހަރަކާތްތެރިވެފައެވެ.

މި ދުވަސްވަރު ކަނޑު ގަދަވާތީ އެމްއެންޑީއެފް ކޯސްޓްގާޑާއި މޫސުމާ ބެހޭ ގައުމީ އިދާރާގެ ލަފާގެ ދަށުން ނޫނީ އެއްވެސް ކަނޑު ދަތުރެއް ނުކުރަން މެޓް އޮފީހުން އިލްތިމާސްކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ

އުތުރާއި މާލެ ސަރަޙައްދަށް ނުރައްކާތެރި މިންވަރަކަށް އަނެއްކާވެސް ވައި ނުސާފުވެއްޖެ

އަނެއްކާވެސް ރާއްޖޭގެ ވައި ނުސާފުވެ ޢާންމުން ސަމާލުވާން އެދިއްޖެ

ކުރިއަށް އޮތް ފަސް ދުވަހުވެސް ވައި ނުސާފުވާނެ: މެޓް އޮފީސް

TTH_advertisement