ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

އަބްދުއްރަހުމާންގެ އަންހެނުންގެ ފޯނު ހަވާލުކޮށްފި 

އއ. މާޅޮސް، އޯކިޑްމާގެ އަބްދުއްރަހުމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގެ ތަހުގީގުގެ ތެރެއިން އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނުން ޑޭޓާ ނެގުމަށްފަހު ފޯނު ހަވާލުކޮށްފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ނާޒިމާގެ ފޯނު ހިފެހެއްޓީ އިއްޔެ ހަވީރުއެވެ. އަދި ރޭގެ ވަގުތެއްގައި އަނބުރާ އޭނާގެ ފޯނު ވަނީ ހަވާލުކޮށްފައެވެ.

ފުލުހުން ރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގެ ތަހުގީގުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

“މަރުހޫމުގެ އާއިލާއާއި، ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކޮށް، އެ ފަރާތްތަކުގެ އެއްބާރުލުމާއެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުންނެވެ.” އެ މެސެޖުގައި ބުނެފައިވެއެވެ.

އަބްދުއްރަހްމާނަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހަމަލާދީފައިވާ އިރު، އޭނާގެ އަންހެނުންނަށް ފެނުނީ އޭނާ މަރަށް ތެޅި ތެޅި އޮއްވައެވެ. ދެން ވަގުތުން ގެންދިޔައީ މާޅޮހު ސިއްހީ މަރުކަޒަށެވެ. ސިއްހީ މަރުކަޒުގައި ފަރުވާދެމުން ދަނިކޮށް ހަމަ އެރޭ އޭނާ ވަނީ މަރުވެފައެވެ.

އަބްދުއްރަހްމާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި މި މަހުގެ 21 ވަނަ ދުވަހު އިންޑިއާއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި

TTH_advertisement