ކުއްލި ޚަބަރު

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަނީ

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

ކާވާ ޗެމްޕިއަންސް ލީގު ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) މެންސް ޗެމްޕިއަންސް ލީގު 2025 ފެށުމުގެ ރަސްމިއްޔާތު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އިތުރު ބޭފުޅުންގެ ތެރޭގައި ކާވާ އަދި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސް މުޙައްމަދު ލަތީފް އާއި، ވީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސައީދުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ބައެއް އިސްވެރިން ހިމެނިވަޑައިގަންނަވައެވެ.

ކާވާ މެންސް ޗެމްޕިއަންސް ލީގު މިއަދު ފެށިފައިވާއިރު، މި މުބާރާތުގެ ކުޅުން ކުރިއަށްދާނީ މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ރާއްޖޭގެ ވޮލީބޯޅައިގެ އެންމެ ވަރުގަދަ ދެ ޓީމުކަ މަށްވާ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީ ވާދަކުރަމުން އަންނައިރު، ދެން މިމުބާރާތުގައި ވާދަކުރާ ޓީމުތަކަކީ ނޭޕާލްގެ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާއި، ލަންކާގެ ޕޯޓްސް އޮތޯރިޓީ އާއި، ކިރިގިސްތާނުގެ ބިޝްކެކުގެ އިތުރުން ކަޒަކިސްތާނުގެ ޒައިކްއެވެ.

މިމުބާރާތުގެ ކުޅުން ކޮންމެ ދުވަހަކުވެސް ތިން ދަންފަޅިއެއްގައި ކުރިއަށްދާނެއެވެ. އެއީ މެންދުރާއި، ހަވީރުގެ އިތުރުން ރޭގަނޑު މެޗެއް ކުޅޭ ގޮތަށެވެ.

ކާވާ މެންސް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް އޭވީސީ ޗެމްޕިއަންސް ލީގުން ފުރުސަތު ލިބިގެންދާނެއެވެ. އަދި އެ މުބާރާތުގެ އެއްވަނަ ޓީމަށް ވޮލީގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕުން ޖާގައެއް ކަށަވަރުވެގެންދާނެއެވެ. އެހެންކަމުން މި މުބާރާތް ވެގެންދާނީ އެފްއައިވީބީ ވޯލްޑް ޗެމްޕިއަންޝިޕަށް ހުޅުވިގެންދާ ފަހި ފުރުސަތަކަށެވެ.

ހަ ދުވަހުގެ މުއްދަތަށް ކުރިއަށްދާ ކާވާ މެންސް ޗެމްޕިއަންސް ލީގަކީ ކުލަބު ޗެމްޕިއަންޝިޕުގެ ދެވަނަ ސީރީޒްއެވެ. މިދިޔަ އަހަރު މިމުބާރާތް ކުރިއަށްގެންގޮސްފަވަނީ ނޭޕާލުގައެވެ. އަދި ކާވާ މެންސް ޗެމްޕިއަންސް ލީގަށް މިމުބާރާތުގެ ނަން ބަދަލުކޮށް މިމުބާރާތް ބާއްވާ މިއީ ފުރަތަމަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

419343 4ae86ad9 3

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

Original 1757223274145

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަނީ

66

ތިނަދޫ ރޯ ހައުސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ELL Mobile Advertisement TTH_advertisement