ކުއްލި ޚަބަރު

ފަލަސްތީނު ޓީމަށް ރާއްޖޭގައި ކޭމްޕް ކުރުމުގެ ފުރުސަތު ވަޒީރު ރާފިއު ހަމަޖައްސަވައިދެއްވައިފި

ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް

ވާހަކަ ދެއްކުމުގެ 38 ވަނަ ގައުމީ މުބާރާތް ފަށައިފި

ވޯލްޑް ހަލާލް އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް

121

ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ ތުރުކީގެ އިސްތާންބުލްގައި ބޭއްވުމަށް ހަމަޖެހިފައިވާ 11 ވަނަ ”ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ 2025“ ގައި، ދިވެހި އުފެއްދުންތައް އެގްޒިބިޓްކޮށް ގަނެވިއްކުމުގެ ފުރުޞަތު ރާއްޖޭގެ ވިޔަފާރިތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ވޯލްޑް ހަލާލް ސަމިޓް އެންޑް ހަލާލް އެކްސްޕޯ ބާއްވަން ހަމަޖެހިފައި ވަނީ މި އަހަރުގެ  ނޮވެމްބަރު މަހުގެ 26 އިން 29 އާ ހަމައަށެވެ.

”މި އެކްސްޕޯގައި ދިވެހި ވިޔަފާރިތަކަށް ބައިވެރިވުމުގެ ފުރުޞަތު ލިބުމަކީ، ދިވެހިރާއްޖޭގައި އުފައްދާ ހަލާލް އުފެއްދުންތައް ބައިނަލްއަޤްވާމީ ފެންވަރެއްގައި އިޝްތިހާރުކޮށް، މާކެޓް ކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް“ އިކޮނޮމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިއީ ދިވެހި އުފެއްދުންތަކަށް ބައިނަލްއަޤްވާމީ މާކެޓް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި މި އެކްސްޕޯއަކީ ހަލާލް ސިނާއަތުގެ ދުނިޔޭގެ އެންމެ ބޮޑު އެއް މައުރަޒު ކަމަށް ވެފައި، އެ ސަމިޓުން ދިވެހި ވިޔަފާރިތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

ވޯލްޑް ހަލާލް އެކްސްޕޯއާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ [email protected] އަށް އީމެއިލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mpl

އެމްޕީއެލުން 1،359 ކޮންޓެއިނަރުގެ މުދާ މިދިޔަ ހަފްތާގައި ކްލިއާކުރި

ފެނަކައިގެ ކެރިއާ ގައިޑެންސް ޕްރޮގްރާމުގައި 1100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެއްޖެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ފަހިކޮށް ދެނީ

ސަރަހައްދީ އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފި

ELL Mobile Advertisement TTH_advertisement