ކުއްލި ޚަބަރު

އުމްރާއަށް ގެންދަން ފައިސާ އާއި ޕާސްޕޯޓު އަތުލުމަށްފަހު، ކުންފުނީގެ ވެރިން ފިލި މައްސަލައެއް 

އިނގިރޭސިވިލާތުގެ ހައުސް އޮފް ކޮމަންސްގެ ސްޕީކާ ރައީސް މުއިއްޒާ ބައްދަލުކުރައްވައިފި

ފޯޅައްވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ސަފީރު ވިދާޅެއް ނުވޭ: ޚާރިޖީ ވަޒީރު

ފޯޅައްވައްސަކީ ރާއްޖޭގެ ތަނެއް ނޫން ކަމަށް ސަފީރު ވިދާޅެއް ނުވޭ: ޚާރިޖީ ވަޒީރު

121

ފޯޅަވަހި ނުވަތަ ޗާގޯސް ހޯދުމަށް ދިވެހިރާއްޖެއިން މަސައްކަތްނުކުރާ ކަމަށް ސަފީރު ގީލާ އަލީ ވިދާޅުވި ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދަނީ ހަޤީގަތާއި ޚިލާފު ވާހަކަތަކެއްކަމަށް ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ކިންގްޑަމް އޮފް ބެލްޖިއަމަށާއި ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޔޫރަޕިއަން ޕާލަމެންޓުންގައި ޗާގޯސް އަކީ ދިވެހިރާއްޖޭގެ ތަނެއް ނޫން ކަމަށާއި ހޯދަންވެސް ނޫޅޭކަމަށް ވިދާޅުވިކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވެއެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔޫރަޕިއަން ޕާލަމެންޓުގައި ސަފީރު ޤީލާ އަލީއާއި ސުވާލުކުރެވުނީ ޗާގޯސް ނުވަތަ ފޯޅަވަހީގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ހުރުމާއި ގުޅޭގޮތުންކަމަށެވެ. އަދި އެކަމަނާގެ ޖަވާބުގައި ރާއްޖެއިން ފޯޅަވަހި ހޯދަން މަސައްކަތް ނުކުރާކަމަށް ނުވަތަ އެއީ ރާއްޖޭގެ ތަނެއް ނޫން ކަމަށްވެސް ވިދާޅުވެފައިނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އެމެރިކާގެ އަސްކަރީ މަރުކަޒެއް އެ ތަނުގައި ހުރުމާއި މެދު ސުވާލުކުރެއްވުމުން ސަފީރު ދެއްވި ޖަވާބުގައި، ވިދާޅުވެފައިވަނީ ޑިއޭގޯ ގާސިއާގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް މާކުރިއްސުރެ ގާއިމުވެފައި ހުންނަކަމަށެއެވެ. އަދި ދިވެހިރާއްޖެއާއި އެމެރިކާ އާ ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެއް ކަމަށްވެސް ސަފީރު ވިދާޅުވި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ކަނޑައެޅިފައިވާ ނިޒާމުތަކާ ޚިލާފަށް، ރައްޔިތުންގެ އަދި ރައްޔިތުންގެ މަޖިލީހުގެ ބަހެއްނެތި، އިތުރު މަގުތައް ހުރިތޯ ނުވަތަ ނެތްތޯ ވެސް ބެލުމެއްނެތި، ފޯޅަވަހީގެ ޙައްޤުތައް ދޫކޮށްލާފައިވަނީ 2022ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުގައި ކަމަށް ޚާރިޖީ ވަޒީރުގެ ޕޯސްޓްގައި ވިދާޅުވިއެވެ. އަދި ވަޒީރު ވަނީ އޭރުގެ ސަރުކާރުން އެކަން ކޮށްފައިވަނީ ސިއްރު ސިޓީ އަކުންކަމަށް ވިދާޅުވިއެވެ. އެކަން ދިވެހި ރައްޔިތުންނަށް އޮޅުވައިނުލެވޭނެ ކަންވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

އިސްލާމިކް ލައިބްރަރީތަކަށް ފޮތް ހަދިޔާކުރުމުގެ ފުރުސަތު ހުޅުވާލައިފި

Hbn 9

އުމްރާއަށް ގެންދަން ފައިސާ އާއި ޕާސްޕޯޓު އަތުލުމަށްފަހު، ކުންފުނީގެ ވެރިން ފިލި މައްސަލައެއް 

Gv m6izwmaaz0dl

އާރްޓީއެލް 12 ފެރީ ސްޓޮޕާއި ހަ ފެރީ ޓާމިނަލް ކައުންސިލްތަކާ ހަވާލުކޮށްފި 

6321197300361316509

މާލޭގެ ކެފޭއަކަށް ގެއްލުންދީފި

ELL Mobile Advertisement TTH_advertisement