ކުއްލި ޚަބަރު

ނިލަންދޫގައި ސަރުކާރުން އިމާރާތްކުރާ މިސްކިތުގެ ބޮޑުބައި ނިމިއްޖެ

ބީއެމްއެލް މާސްޓާކާޑު ކަސްޓަމަރުންނަށް އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދިއުމުގެ ފުރުސަތު

ރާއްޖެއާއި ޗައިނާގެ އިޤުތިޞާދީ ގުޅުން ދަނީ އިތުރަށް ބަދަހިވަމުން: ސައީދު

އިސްލާމީ ކުތުބުޚާނާތަކަށް ބޭނުންވާ ފޮތް ހޯދުމާއި، ފޮތް ހަދިޔާކުރުމަށް ހުޅުވާލައިފި

ރާއްޖޭގެ އިސްލާމީ ކުތުބުޚާނާތަކަށް ބޭނުންވާ ފޮތް ހޯދުމާއި، ފޮތް ހަދިޔާކުރުމަށް ހުޅުވާލައިފިއެވެ. މީގެތެރޭގައި ސަލްމާން މިސްކިތުގައި ހުޅުވި ލައިބްރަރީ އަދި އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކުގައި ހަދާ ލައިބްރަރީތައް ހިމެނެއެވެ.

އެގޮތުން ކިންގް ސަލްމާން މިސްކިތުގައި ޤާއިމުކޮށްފަވާ އިސްލާމީ ކުތުބުޚާނާއަށް ބޭނުންވާ އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 31ވަނަ ދުވަހުގެ 14:00 ގެ ކުރިން، ހަދިޔާ ކުރާ ފޮތުގެ މަޢުލޫމާތު ލައިބްރަރީއަށް މެއިލްކުރުމަށް ވަނީ އެދިފައެވެ. މެއިލްކުރާނީ [email protected] އަށެވެ.
ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު ވުޒާރާގެ ފަރާތުން ހަމަޖައްސާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

ނިލަންދޫގައި ސަރުކާރުން އިމާރާތްކުރާ މިސްކިތުގެ ބޮޑުބައި ނިމިއްޖެ

112

ރާއްޖެއާއި ޗައިނާގެ އިޤުތިޞާދީ ގުޅުން ދަނީ އިތުރަށް ބަދަހިވަމުން: ސައީދު

ރައީސް ނޭޕާލްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ ފުލުހުންގެ އަގު ވަޒަން ކޮށްފި

TTH_advertisement ELL Mobile Advertisement