ކުއްލި ޚަބަރު

ޒާރާ އާއި ސިޔާމްގެ ކައިވެނި ރޫޅިއްޖެ

މާލޭ މަގުމަތީގައި ކަނޑިއާއި ވަޅި ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކުރަން ފެށޭނެ: މިނިސްޓަރު މުއްތަލިބު

މާލޭ މަގުމަތީގައި ކަނޑިއާއި ވަޅި ހިފައިގެން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

މާލޭ މަގުމަތީ ތޫނު ހަތިޔާރުތަކެއް ހިފައިގެން އުޅުނު ދެ މީހަކު ފުލުހުން ހައްޔަަރުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި އާއްމު ތަނެއްގައި ތޫނު ހަތިޔާރު ގެންގުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނަކީ ވައިލެޓް ހައުސް، ސ.މީދޫ، މުހައްމަދު ހައިކަލް އަބްދުﷲ (21 އަހަރު) އަދި ކެލާގެ، ގދ.ހޯނޑެއްދޫ މުހައްމަދު އަރީފު (33 އަހަރު)އެވެ.

މި ދެ މީހުން ހައްޔަރުކުރުމަށްފަހު އެމީހުން ބަންދުގައި ބޭތިއްބުމާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެ ދެ މީހުންގެ ތެރެެއިން އަރީފު އަތުން ކަނޑިއަކާއި ވަޅިއެއް ފެނުނު ކަމަށެވެ. އަދި އޭނާ ހުރި ދިމާލުން ބިންމައްޗަށް ވައްޓައިލި ސާޖިކަލް ނައިފެއް ނުވަތަަ މީހުން ފަަޅަން ޑޮކްޓަރުން ގެންގުޅޭ ވަޅިއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާކަން އަމުރުގައި ފާހަގަކުރިއެވެ.

އިތުރަށް ކޯޓު އަމުރުގައި ބުނެފައިވަނީ އަރީފު މިތަކެތި ގެންގުޅެންޖެހޭ އެކަށީގެންވާ ސަބަބެއް އޭނާއަށް ބުނެދެވިފައި ނެތްކަން ފުލުހުން ކޯޓުގައި ފާހަގަކުރި ކަމަށެވެ.

މި މައްސަލާގައި އަރީފާއެކު ހައްޔަރުކުރި ހައިކަލް ބުނެފައިވަނީ އަރީފުގެ އަތުން ފެނުނު ތަކެއްޗާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އޭނާ އަރީފު ކައިރީ ހުރީ އަރީފު އަތުގައި ހުރި ތަކެތި ކަނޑަންދެން އަލިކޮށްދޭން އަރީފު އެދިގެން އެކަން ކޮށްދޭން ކަމަށެވެ.

ކޯޓުން ނިންމާފައިވަނީ މި ދެ މީހުންވެސް ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއްވުމުގެ ފުރުސަތު އޮތްކަމަށް ފެންނާތީ ދެ މީހުންވެސް ފަނަރަ ދުވަހުގެ މުއްދަތަކަށް ބަންދުގައި ބޭތިއްބުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަދި ގްރޭޑް 1 އަށް ވައްދަން ހުޅުވާލައިފި

121

އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑްގެ މަސައްކަތު ގަޑި ހަ ގަޑިއިރަށް ކުޑަކޮށްފި

via-parking

ހުޅުލޭގެ ޕާކިން ޒޯންތަކުގައި ޕާކުކުރުން ވަގުތީގޮތުން މަނާ 

407196 385881e3 9

ނައިބު ރައީސް ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައިފި

TTH_advertisement ELL Mobile Advertisement