ކުއްލި ޚަބަރު

އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކުރަން ފެށޭނެ: މިނިސްޓަރު މުއްތަލިބު

މާމިގިލީ ކައިރިއަށް ފީނަން ފޭބި ކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ

15 ރަށެއްގައި އާންމު ޚިދުމަތް ދޭ ޔުނިޓްތައް ގާއިމްކުރަން ނިންމައިފި

ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރި ޒައިދާނާއި އޭނާގެ އަނބިމީހާ ދޫކޮށްލައިފި

121

ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކަކާ ގުޅިގެން ހައްޔަރުކުރި ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އޭނާގެ އަންހެނުން އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) ދޫކޮށްލައިފިއެވެ.

ޒައިދާން އަކީ މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ސައްހަ ނޫން ސްލިޕް ފޮނުވި މައްސަލައެއްގައި ހައްޔަރު ކުރި މީހަކަށްވާއިރު، އޭނާ އާއި އޭނާގެ އަންހެނުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ހައްޔަރު ކުރީ މެއި މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލަ އަކާ ގުޅިގެންނެވެ.

މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން ޒައިދާން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށާއި، އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވާއިރު، އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.

މީގެ އިތުރުންވެސް ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިބެލުމުން، ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36467 ރުފިޔާގެ ތަކެތި ހުޅުމާލޭގައި ހުންނަ ފިހާރައިން މަކަރާއި ހީލަތުން ހޯދާފައިވާކަމާ މާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 31،150 ރުފިޔާގެ ތަކެތީގެ އިތުުރުން މާލޭގައި ހުންނަ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5،817 ރުފިޔާގެ ތަކެތި ހޯދާފައިވާކަން އެނގިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޒައިދާން 15 ދުވަހަށް އަދި އަފްރިން އަކްތަރު 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން އޭރު އަމުރު ކުރި އެވެ.

އެހެންނަމަވެސް މިއަދު ފުލުހުން ބުނީ އެމީހުން ބަންދުން ދޫކޮށްލީ ދެ މީހުން ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމަށެވެ.

ފުލުހުން ބުނީ ދެ މީހުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން ފިހާރަތަކުން ވިޔަފާރިކުރި މައްސަލައިގައި ގެއްލުންވި 80،000 އަށްވުރެ ގިނަ ރުފިޔާ އަނބުރާ ވެރިފަރާތަށް ހޯދައިދީފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

432

ފުލެޓު ލިބޭ މީހުންނާއެކު ސޮއިކުރަން ހާއްސަ ތަނެއް ހަމަޖައްސަނީ

121

އަންނަ ހަފްތާގެ ތެރޭގައި ފްލެޓްތައް ހަވާލުކުރަން ފެށޭނެ: މިނިސްޓަރު މުއްތަލިބު

accident-1

މިދިޔަ މަހުގެ ނިޔަލަށް މިއަހަރު 1000 އަށްވުރެ ގިނަ އެކްސިޑެންޓު 

Whatsapp image 2025 07 14 at 18.29.58

ރާއްޖޭގެ ފުރަތަމަ އޮތޮރައިޒްޑް އިކޮނޮމިކް އޮޕަރޭޓަރަކަށް އިންނަހުރާ

ELL Mobile Advertisement TTH_advertisement