ކުއްލި ޚަބަރު

އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހެއްގެ ހާލު ސީރިއަސް

މާޅޮހުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ މަރާލައިފި

ޔޫކޭގެ އެންމެ އުމުރުން ދުވަސްވީ މީހާ 110 އަހަރުގައި މަރުވެއްޖެ

އިނގެރޭސި ވިލާތުގެ އެންމެ އުމުރުން ދުވަސްވީ މީހާ، ޑޮނަލްޑް ރޯސް މަރުވެއްޖެއެވެ.

ޑޮނަލްޑް ރޯސް މަރުވި އިރު، އޭނާ ވެފައިވަނީ ދެވަނަ ބޮޑު ހަނގުރާމައިގައި ބައިވެރިވި އިނގިރޭސި ސިފައިންގެ ތެރެއިން އެންމެ ދުވަސް ވީ މީހާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އުމުރުން 110 އަހަރުގައި މަރުވި ޑޮނަލްޑްގެ މަރުގެ މައުލޫމާތު ހިއްސާ ކުރަމުން އޭނާ ނިސްބަތް ވާ ސަރަހައްދުގެ ކައުންސިލުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޑޮނަލްޑަކީ ހަނގުރާމައިގެ ހީރޯއެކެވެ. ހަނގުރާމަ ކުރިޔަށް ދިޔަ ދުވަސްވަރު އެންމެ ނުރައްކާތެރި ދަނޑިވަޅުތަކުގައިވެސް އިސް ސަފުގައި ހަރަކާތްތެރިވި މީހެއް ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ޑޮނަލްޑް އުފަންވީ 1914 ވަނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ އިނގިރޭސި އާމީއާ ގުޅިފައިވަނީ އުމުރުން 23 އަހަރުގައެވެ.

ޑޮނަލްޑް އޭނާގެ އާމީގެ ހަޔާތުގައި އުތުރު އެފްރިކާގެ އިތުރުން އިޓަލީ އާއި ފްރާންސްގައި ހުންނަ އިނގިރޭސި ބޭސްތަކުގައި މަސައްކަތް ކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

އެކްސިޑެންޓްގައި އަނިޔާވި 17 އަހަރުގެ ކުއްޖާ ނިޔާވެއްޖެ

Whatsapp image 2025 07 13 at 05.51.50

ނަޑެއްލާ ބަނދަރު ހެދުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

121

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މީހެއްގެ ހާލު ސީރިއަސް

121

ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު ރައްޔިތުންގެ އެހީތެރިކަމާއެކު ހައްޔަރުކޮށްފި

ELL Mobile Advertisement TTH_advertisement