ކުއްލި ޚަބަރު

މާޅޮހުގައި އުމުރުން ދުވަސްވީ މީހަކަށް ހަމަލާދީ މަރާލައިފި

އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިފި

މަގު ހުރަސްކުރި އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެ

އިސްލާމީ ކުތުބުޚާނާތައް ރާއްޖޭގެ ކަންކޮޅުތަކުގައި ޤާއިމްކުރުމަކީ ރައީސްގެ ރިޔާސީ ވައުދެއް: ޑރ. ޝަހީމް

އިސްލާމީ ކުތުބުޚާނާތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކުރުކަމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމަށާއި އެކަމުގެ މަސައްކަތް ބާރު ދުވެލީގައިކޮށް މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ހުޅުވިގެންދާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިން ފަންގިފިލާގައި އިސްލާމީ ކުތުބުޚާނާ ތަރައްޤީކޮށް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިހާރު ޤާއިމްކޮށްފައިވާ އިސްލާމީ މަރުކަޒުތަކުގައި މިއަހަރުގެ ނިޔަލަށް އިސްލާމީ ކުތުބުޚާނާތައް ޤާއިމްކުރެވިގެންދާކަމަށެވެ.

އެގޮތުން ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައާއި، ތިނަދޫ ސިޓީ އިސްލާމީ މަރުކަޒުގައި އަދި އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އިސްލާމީ ކުތުބުޚާނާ ޤާއިމްކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މި ކުތުބުޚާނާތަކަށް އެކުވެރި ޤައުމަކުން 60 ހާސް ފޮތް ހަދިޔާ ކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަދު ހުޅުވިގެންދިޔަ އިސްލާމީ ކުތުބުޚާނާ އިތުރަށް ތަރައްޤީ ކުރުމަކީ ވުޒާރާގެ އަމާޒެއްކަމަށާއި އެގޮތުން ކުތުބުޚާނާގައި ތުއްތުކުދިންނަށް ޚާއްސަ ބަަޔަކާއި އިސްލާމިކް ފައިނޭންސްއަށް ޚާއްސަ ބައެއްވެސް ކުރިއަށް އޮތްތަނުގައި ޤާއިމް ކުރައްވާނެކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އިސްލާމީ ކުތުބުޚާނާ ހަޤީޤަތަކަށްވެ މިއަދު ހުޅުވިގެން މިދަނީ ގިނަ ބައެއްގެ ބުރަ މަސައްކަތާއެކުކަމަށާއި މިިކަމުގައި މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާކަމަށެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ އިސްލާމީ ކުތުބުޚާނާގެ ރަސްމީކޮށް އިފްތިތާޙް ކުރެއްވުމަށް ހިލޭސާބަހަށް މަސައްކަތް ކުރެއްވި ޒުވާން ޚަޠީބުންނާއި ދަރިވަރުންނަށް އަދި ވުޒާރާގެ މުވައްޒަފުން ކުރެއްވި މަސައްކަތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމްކޮށް މިސްކިތްތަކަށް ދިރުން ގެނުވުމަށް ކުރަމުން ގެންދާ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އަހައްމިއްޔަތުކަމެއް ދީގެން ގެންދަވާ ކަމެއްކަމުގައެވެ.

މީގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށް އެބޭފުޅުންގެ އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދަޢުވަތު ދެއްވަވާފައެވެ. އަދިހަމައެއާއެކު ދިވެހި އަދީބުންގެ ފޮތްތައްވެސް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ. ރޭ ހުޅުވިގެންދިޔަ އިސްލާމީ ކުތުބުޚާނާ ހުޅުވިފައިވަނީ 15،000 ފޮތާއެކުކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

ސްކޭމްގެ ތަފާތު 12 މައްސަލައެއްގެ ތުހުމަތުކުރެވޭ މީހަކު ރައްޔިތުންގެ އެހީތެރިކަމާއެކު ހައްޔަރުކޮށްފި

121

މާޅޮހުގައި މަރާލި އަބްދުއްރަހްމާންގެ ޕޯސްޓް މޯޓަމް ހަދަނީ

ޙައްޖަށް ދިއުމަށް ދެއްކި ފައިސާއިން ޒަކާތް ދައްކަންޖެހޭނީ ޙައްޖު ކޯޕަރޭޝަނުން: ފަތުވާ

ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު ޒަކަރިއްޔާގެ ހަށިގަނޑު ފެނިއްޖެ

TTH_advertisement ELL Mobile Advertisement