ކުއްލި ޚަބަރު

މޫސުން ރަނގަޅުވަންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފުލުހުން އިލްތިމާސްކޮށްފި

ފެނަކަ ސައީދުގެ މައްޗަށް އިތުރު ދައުވާއެއް އުފުލައިފި

ފިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ

އައިއެސްއޭ އެކެޑަމީ އަތުން ދިވެހި ޒުވާން ގައުމީ ޓީމަށް ފަސޭހަ މޮޅެއް

އޮސްޓްރޭލިއާގެ އިންޓަރނޭޝަނަލް ސޮކަރ އެކެޑަމީ (އައިއެސްއޭ) އާ ދެކޮޅަށް ކުޅުނު މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖޭގެ 18 އަހަރުން ދަށުގެ ގައުމީ ޓީމުން ކާމިޔާބުކޮށްފިއެވެ.

އައިއެސްއޭގެ ޔޫތު ފުޓްބޯލް ޓުއަރ ނިންމާލުމުގެ ގޮތުން މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި މޮޅަށް ކުޅެ، މުޅި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނީ ރާއްޖޭގެ ކުޅުންތެރިންނެވެ.

މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ފެށިގެން މާގިނައިރުތަކެއް ނުވަނީސް 2 ވަނަ މިނެޓްގައި މުހައްމަދު އިލާން އިމްރާން ވަނީ ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގާދީފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން މެޗުގެ 8 ވަނަ މިނިޓްގައި އަހުޒަމް ރަޝީދު ވަނީ ގައުމީ ޓީމަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ ލީޑު ފުޅާކޮށްފައެވެ.

މެޗުގެ 22 ވަނަ މިނެޓްގައި އީތަން މުހައްމަދު ޒަކީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 ށް ބަދަލުކޮށްފައެވެ. އޭގެ ފަހުން 39 ވަނަ މިނެޓްގައި އަނޫފް އަބުދުالله ގައުމީ ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނެވެ. އަދި ފަސްވަނަ ލަނޑު ޖަހައިދިނީ 65 ވަނަ މިނެޓްގައި މުހައްމަދު އިލާން އިމްރާންއެވެ. ގައުމީ ޓީމުގެ 6 ވަނަ ލަނޑު ޖަހައިދިނީ 70 ވަނަ މިނެޓްގައި އަނޫފް އަބުދުاللهއެވެ.

35 ވަނަ މިނެޓްގެ ދެ ހާފް ކުޅުނު މިމެޗުގައި އައިއެސްއޭގެ ކުޅުންތެރިން ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަން ފެނިގެން ދިޔައިރު އަނިޔާގެ މައްސަލަތައްވެސް އެ ޓީމުގެ ކުޅުންތެރިންގެ ގިނަކަން ފާހަގަ ކުރެވުނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުހައްމަދު އިލާން އިމްރާންއެވެ. މި މެޗު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލެވެ. އަދި ރާއްޖޭގައި ހުންނަވާ އޮސްޓްރޭލިއާގެ ސަފީރު ވަނީ މި މެޗު ބައްލަވާލައްވައި، އޮސްޓްރޭލިއާ އެކެޑަމީ ޓީމާ ބައްދަލުކުރައްވާފައެވެ.

ވެސްޓަރން އޮސްޓްރޭލިއާ މޯލްޑިވިއަން އެސޯސިއޭޝަންގެ އެހީތެރިކަމާއެކު މޯލްޑިވްސް ސޮކަރ މޭޓްސްއާ ގުޅިގެން އައިއެސްއޭއިން ރާއްޖެއަށް ކުރި މި ދަތުރުގައި ގައުމީ ފުޓްބޯޅަ ދަނޑުގައި ވަނީ ހަތަރު މެޗެއް ކުޅެފައެވެ. އެންމެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކުލަބު ވެލެންސިއާގެ ޒުވާން ޓީމާއެވެ. އެ މެޗު 3-0 އިން ކާމިޔަބުކުރީ ވެލެންސިއާއިންނެވެ.

ދެވަނަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް އައިއެސްއޭ ނިކުތްއިރު، އެ މެޗު 2-0 އިން ކާމިޔަބުކުރީ މާޒިޔާއިންނެވެ. އަދި ތިންވަނަ މެޗުގައި އެމްއެސް މޭޓްސް އެކެޑަމީގެ ޓީމާ ބައްދަލުކޮށް 3-0 އިން އައިއެސްއޭ ވަނީ އެ މެޗު ކާމިޔާބުކޮށްފައެވެ. އަދި ފަހު މެޗުން ގައުމީ ޓީމު އަތުން 6-0 އިން ވަނީ ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ކުޅުދުއްފުށީގައި އެމްޑީޕީން ޖަލްސާ ބާއްވަން ނިންމީ މާލެއިން ނުކުންނާނެ ބަޔަކު ނުވެގެން: ޝުޖާއު

މޫސުން ރަނގަޅުވަންދެން މޫދު ކުޅިވަރުގެ ހަރަކާތްތައް މަޑުޖައްސާލުމަށް ފުލުހުން އިލްތިމާސްކޮށްފި

ފޮރެންސިކް ޑައިވިންގ ކޯސް ކާމިޔާބު ކަމާއެކު ނިންމާލައިފި

121

ފެނަކަ ސައީދުގެ މައްޗަށް އިތުރު ދައުވާއެއް އުފުލައިފި

ELL Mobile Advertisement TTH_advertisement