ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

މިސްރުގެ “ޓެލެކޮމް އީޖިޕްޓް” އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި 4 މީހުން މަރުވި، ވެރިރަށުން މުއާސަލާތީ ޚިދުމަތް ކެނޑިފައި

މިސްރުގެ ވެރިރަށް ގާހިރާގައި ހުންނަ “ޓެލެކޮމް އީޖިޕްޓް” އިމާރާތުގައި އިއްޔެ ރޯވި އަލިފާނުގެ ސަބަބުން 4 މީހުން ފިހިގެން މަރުވެފައިވާ ކަމަށް މިސްރު ސަރުކާރުގެ ހެލްތު މިނިސްޓްރީ ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ ތަރުޖަމާނެއް ބުނީ، އަލިފާނުގެ ސަބަބުން އިތުރު 22 މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށެވެ.

“ޓެލެކޮމް އީޖިޕްޓް” އިމާރާތުގައި ރޯވި އަލިފާން މުޅި އިމާރާތަށް ފެތުރުމުގެ ކުރިން އަދި ކައިރީގައި ހުރި އިމާރާތްތަކަށް ފެތުރުމުގެކުރިން ފަޔަރ ފައިޓަރުންވަނީ އަލިފާން ކޮންޓްރޯލް ކޮށްފައެވެ.

މިސްރުގެ ސަލާމަތީ ޚިދުމަތްތަކާ ހަވާލާދީ އެގައުމުގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައިވަނީ، އަލިފާން ރޯވީ އިލެކްޓްރިކް ޝޯޓް ސާރކިޓެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށެވެ.

މިސްރު ގައުމީ ޓީވީން ބުނެފައިވަނީ، ޓެލެކޮމް އިމާރާތުގައި އަލިފާން ރޯވުމުގެ ސަބަބުން މުޅި ވެރިރަށުގެ މުއާސަލާތީ ޚިދުމަތްތަކަށް ބޫރުއަރާފައިވާ ކަމަށެވެ.

އެގޮތުން، ފޯނުގެ ޚިދުމަތާއި، އިންޓަރނޭޓުގެ ޚިދުމަތް މެދުކެނޑިފައި ވެއެވެ. އަދި ކްރެޑިޓް ކާޑުގެ ޚިދުމަތާއި، އޭޓީއެމްގެ ޚިދުމަތާއި، އޮންލައިން ޓްރާންސެކްޝަންވެސް ވަނީ ހުއްޓިފައެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ޚިދުމަތްތައް މެދުކެނޑުމާ ގުޅިގެން ބޭންކްތައް ވަނީ އެއް ދުވަހަށް ބަންދުކޮށްފައެވެ.

މިސްރު ސަރުކާރުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންފޮމޭޝަން ޓެކްނޯލޮޖީ އާމިރު ތަލާތު ވިދާޅުވީ، ވެރިރަށުގެ މުއާސަލާތީ ގުޅުންތައް އަލުން ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށާއި، 24 ގަޑިއިރުގެ ތެރޭގައި އެކަން ކުރެވޭނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Img 20250427 wa0070

ޝަރުތުތައް ހުށަހެޅުމަށްފަހު ހަމާސްގެ ވަފުދު މިސްރުން ފުރައިފި

TTH_advertisement