ކުއްލި ޚަބަރު

ތިނަދޫ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެއްޖެ

މި އަހަރުގެ ފުރަތަމަ ހަމަހު ޒަކަތު ފަންޑުން ބޭސްފަރުވާއަށް 8.4 މިލިއަން، ގިނައިން އެހީވީ ކެންސަރު ބަލީގެ މީހުންނަށް

ފަލަސްތީނުގެ ދިފާއުގައި އިތުރަށް މަސައްކަތްކުރަން ރާއްޖެއިން ގޮވާލައިފި

ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައެޅުއްވި އައު މަންދޫބު ފަތްކޮޅު އަރުވައިފި

ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް، ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައެޅުއްވި އައު މަންދޫބު އަދްނާން ޗީމާ، އޭނާގެ މަޤާމުގެ ފަތްކޮޅު ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލަށް އަރުވައިފިއެވެ.

ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައެޅުއްވި މަންދޫބު އަދްނާން ޗީމާ ފަތްކޮޅު މަޤާމުގެ ފަތްކޮޅު ޚާރިޖީ ވަޒީރާއި އެރުވީ އެކަމަށްޓަކައި ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްުޔާތެއްގައެވެ.

ފަތްކޮޅު އެރުވުމަށްފަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ޔޫއެންޑީޕީން ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފޯރުކޮށްދެމުންދާ އެއްބާރުލުމާއި ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކޮށް، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އެ މަނިކުފާނު ވަނީ ޔޫއެންޑީޕީގެ މަންދޫބު ޗީމާގެ ތަޖުރިބާއަށް ރިޢާޔަތްކޮށް، އެމަނިކުފާނުގެ އޭނާގެ މަޤާމުގެ ދައުރުގައި ދިވެހިރާއްޖެއާއި ޔޫއެންޑީޕީއާއި ދެމެދު އޮތް ގުޅުން އިތުރުށް ވަރުގަދަވެގެންދާނެކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި ޗީމާ ވިދާޅުވީ ރާއްޖެއަށް މި ވަގުތު ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދީ، ދިވެހިރާއްޖެއިން އިސްކަންދޭ ކަންތައްތައް ކުރިއެރުވުމަށް އެޖަމިއްޔާއިން ފޯރުކޮށްދެމުންދާ އެއްބާރުލުން އިތުރަށް ފުޅާކުރުމަށާއި އިތުރު ފުރުޞަތުތައް ހޯދުމަށް މަސައްކަތްކުރައްވާނެކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތަރައްޤީގެ ދަތުރުގައި އެޖަމީއްޔާއިން އިން އަދާކުރަމުންދާ މުހިންމު ދައުރު ކުރިއަށް އޮތް ތަނުގައިވެސް އަދާކުރުމަށް ބޭނުންވާކަމުގެ ޔަޤީންކަން އޭނާ ދެެއްވިއެވެ.

ޔޫ.އެން.ޑި.ޕީ.ގެ އޮފީސް ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވަނީ 1978 ވަނަ އަހަރުއެވެ. އޭގެ ފަހުން ރާއްޖޭ އިޖްތިމާޢީ ތަރައްޤީގެ ދާއިރާގެ ގިނަ މަސައްކަތްތަކުގައި ފަންނީ އަދި މާލީ އެހީތެރިކަން ދަނީ ޔޫއެންޑީޕީން ދަނީ ފޯރުކޮށްދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

ތިނަދޫ އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބުނު ޒުވާނާ ނިޔާވެއްޖެ

121

ވަށަފަރު ސްކޫލްގެ ކްލާސްރޫމެއްގެ ސީލިންގް ވެއްޓި ދެ ދަރިވަރަކަށް އަނިޔާވެއްޖެ

މޫސުން ގޯސްވާނެތީ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި

121

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކަރަންޓީނު ފެސިލިޓީއެއް ގާއިމްކުރުމަށް ބީލަމަށް ލައިފި

TTH_advertisement ELL Mobile Advertisement