ކުއްލި ޚަބަރު

ކުއްޖަކު އެލްކޭޖީއަށް ވައްދަން ހައިކޯޓުގެ އަމުރެއް

އެމްޑަބްލިޔުއެސްސީގެ ސާފު ފައިދާ 92 ޕަސަންޓު އިތުރުވި!

ރައީސްގެ ސްކޮލާޝިޕަށް ކުރިމަތިލާން ހުޅުވާލައިފި

އާ ޓާމިނަލުގެ ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި

Whatsapp image 2025 07 04 at 21.10.44

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވަން ތައްޔާރުވަމުން އަންނައިރު، އެ ޓާމިނަލްގެ “ޕެސެންޖާ ބޯޑިން ބްރިޖުތައް” އޮޕަރޭޓްކުރާނެ މުވައްޒަފުން ތަމްރީނުކޮށްފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލްއިން ބުނީ އެ ހިދުމަތަށް މުވައްޒަފުންނަށް ހާއްސަ ތަމްރީނެއް ދިނީ އެއީ ރާއްޖެއަށް މުޅިން އާ ހިދުމަތަކަށް ވާތީ ކަމަށެވެ.

އެ ކުންފުނިން ވަނީ ޕެސެންޖާ ބޯޑިން ބްރިޖުތައް އޮޕަރޭޓްކުރުމަށް 14 މުވައްޒަފުން މެލޭޝިއާއަށް ފޮނުވައިގެން ތަމްރީނުކޮށްފައެވެ. ބައެއް ތަމްރީނުތައް ހުޅުލޭގައި ވެސް ކުރިއަށް ގެންދިޔައިރު، ޕެސެންޖާ ބޯޑިން ބްރިޖުތައް ތަމްރީނުކުރުމަށް މިހާތަނަށް 46 މުވައްޒަފުން ތަމްރީނުކޮށްފައިވާކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

އެމްއޭސީއެލްގެ އަމާޒަކީ މެލޭޝިއާއިން ތަމްރީނުވި މުވައްޒަފުންގެ އެހީގައި ރާއްޖޭގައި އިތުރު މުވައްޒަފުން އެ ހިދުމަތަށް ތައްޔާރުކުރުމެވެ. ތަމްރީނުތައް ހިންގުމުގެ ބޭނުމަކީ ޕެސެންޖާ ބޯޑިން ބްރިޖުތައް ރައްކާތެރިކަމާއެކު އޮޕަރޭޓްކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފައެވެ.

ޕެސެންޖާ ބޯޑިން ބްރިޖުގެ ހިދުމަތަކީ ރާއްޖެއަށް އާ ހިދުމަތެވެ. އެގޮތުން އެ ހިދުމަތާއެކު ރާއްޖެ އަންނަ މަތިންދާ ބޯޓުތަކުން މީހުން ފޭބުން ޓާމިނަލާ ގުޅުވާލެވޭނެއެވެ. ބޯޓުން ސީދާ ޓާމިނަލަށް ފަސިންޖަރު ފޭބުމުގެ އިންތިޒާމު ހަމަޖެހުމާއެކު، ބޯޓުން ފޭބުމަށް އަދި އެރުމަށް ކުރިން ބޭނުންކުރާ ގޮތަށް ބަސް ބޭނުންކުރާކަށް ނުޖެހޭނެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ މިއަހަރުގެ ޖުލައި 26 އާ ދިމާކޮށް އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Big tkaqua9heab6zthfms1rjk8sd

ކުއްޖަކު އެލްކޭޖީއަށް ވައްދަން ހައިކޯޓުގެ އަމުރެއް

Whatsapp image 2025 07 05 at 01.35.55

ވީއައިއޭގެ އާ ޓާމިނަލަކީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ ތަނެއް: ޑާސާ

121

ރައީސް ޔާމީން ހެއްދެވީ އިތުރުފުޅެއް، ހަނިމާދޫ އެއާޕޯޓް ވިއްކާލާކަށް ނޫޅޭ

ރާއްޖެއާއި އިންޑިއާއާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓު އިތުރަށް ފުޅާކުރަން މަޝްވަރާކޮށްފި

ELL Mobile Advertisement TTH_advertisement