ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

“ދުލެއް ނުކުރާނަން” އިހުތިޖާޖުން ހައްޔަރުކުރި މަހުޒޫމާއި ޝިމަންއަށް ދައުވާކޮށްފި

B 202505040516081746360968.3976
“ދުލެއް ނުކުރާނަން” އިހުތިޖާޖުން ހައްޔަރުކުރި މަހުޒޫމާއި ޝިމަން —

މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން ހ. މީޓާޒް ގޭގެ ގުދަނެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު މައްސަލައިގައި އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި “ދުލެއް ނުކުރާނަން” ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދިޔަ އިހުތިޖާޖުން ހައްޔަރުކުރި މަހުޒޫމް މަޖީދާއި އާއިޝަތު ޝިމަން އަހުމަދުގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ ދެ މީހުންނަށް ދައުވާކުރުމަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

މަހުޒޫމްގެ މައްޗަށް ކުރަނީ ގާނޫނުލްއުގޫބާތުގެ 120 ވަނަ މާއްދާގެ (ހ) ގެ ދަށުން މީހެއްގެ ރުހުމަކާ ނުލައި ގައިގައި އަތްލުން ނުވަތަ އަނިޔާކުރުމުގެ ކުށުގެ ދައުވާއެވެ. އެ ކުށް މަހުޒޫމްގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އެއް މަހާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މަހުޒޫމްގެ މައްޗަށް އެ ދައުވާކުރަނީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު 23:30 އެހާކަންހާއިރު، މަޖިދީމަގު ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ހިމެނޭ ސަރަހައްދުގައި ބަޔަކު މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި އަޑުގަދަކުރާއެއް ބޭނުންކޮށްގެން އަޑުގަދަކުރަމުންދާތީވެ ފުލުހުން އަޑުގަދަކުރާ ނެގިވަގުތު، މަހުޒޫމް ފުލުހެއްގެ މޭމަތީގައި އޭނާގެ ކަނާއަތުން އަޅައި ކޮށްޕާލައިފައިވާތީއެވެ.

ޝިމަންގެ މައްޗަށް ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން (ހ) ގެ ދަށުންނެވެ. އެ ކުށް ޝިމަންގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޝިމަންގެ މައްޗަށް އެ ދައުވާކުރަނީ މިއަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު 23:30 އެހާކަންހާއިރު، މަޖިދީމަގު ސާޖަންޓް އާދަމް ހަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ހިމެނޭ ސަރަހައްދުގައި ބަޔަކު މުޒާހަރާކުރަމުންދިޔަ ވަގުތު އެ ސަރަހައްދުގައި އަޑުގަދަކުރާއެއް ބޭނުންކޮށްގެން އަޑުގަދަކުރަމުންދާތީވެ ފުލުހުން އަޑުގަދަކުރާ ނެގިވަގުތު، ޝިމަން، ފުލުހުންގެ ސަފު ރޫޅާލުމަށްފަހު ފުލުހުންގެ ތެރެއަށް ގަދަކަމުން ވަދެ ގާނޫނީ ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތައް ގަސްތުގައި ހުރަސް އެޅުމުގެ ސަބަބުންނެވެ.

“ދުލެއް ނުކުރާނަން” އިހުތިޖާޖުން ހައްޔަރުކުރި މަހުޒޫމާއި ޝިމަންއަށް ދައުވާކޮށްފި

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

990

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މ. އަތޮޅު މަދަރުސާގެ ކުރީގެ ޓީޗަރެއްގެ މައްޗަށް ދައުވާކޮށްފި

Adheel

ގޭސް މާނުގެ މައްޗަށް ސާބިތު ނުވި ދައުވާތައް އިސްތިއުނާފު ކުރަނީ

Mm

އައްޑޫސިޓީ ހިތަދޫގައި “ސްކޫޕު” ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅަން އެދިއްޖެ

PG Office

އަމީން ސަލާމަތްވުމުން މައްސަލަ ހައިކޯޓަށް

TTH_advertisement