ކުއްލި ޚަބަރު

ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި

ސަލާމަތީ ކަންބޮޑުވުންތަކެއް ހުރެގެން އީރާނު ވައިގެ ބައެއް ސަރަހައްދުތައް އަލުން ބަންދުކޮށްފި

ސިންގަޕޫރާއި ރާއްޖޭގެ ގުޅުމުގެ އާ ބާބެއް ފެށިއްޖެ: ރައީސް

ސިންގަޕޫރާއި ރާއްޖޭގެ ގުޅުމުގެ އާ ބާބެއް ފެށިއްޖެ: ރައީސް

405726 e8e275cf 7
ސިންގަޕޫރުގެ ބޮޑުވަޒީރާ، ރައީސް މުއިއްޒު ބައްދަލުކުރައްވަނީ — ފޮޓޯ: ރައީސް އޮފީސް

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ފެށިގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިންގަޕޫރުން ދެއްވި މެހެމާންދާރީއަށް އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޯންގް އާއި ސިންގަޕޫރު ސަރުކާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ރާއްޖެ އާއި ސިންގަޕޫރުގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރާ އިރު، ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުމުގެ އާ ބާބެއް ފެށިގެން ގޮސްފައިވާ ކަމަށާއި މަޝްވަރާތަކާއެކު ގުޅިގެން މަސައްކަތްކުރެއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ސިންގަޕޫރަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އާއި ބޮޑުވަޒީރު ލޯރެންސް ވޯންގްއާ ވަނީ ބައްދަލުކުރައްވައިފައެވެ. އަދި ސިންގަޕޫރާއި ރާއްޖެއާ ދެމެދު އެއްބަސްވުންތަކެއްގައި ވެސް ސޮއިކުރެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

121

ކޯޓަށް އެއްބާރުލުން ދިނުމަށް ޝަރުތުކޮށް މަންޑޭ ބަންދުން ދޫކޮށްލައިފި

909

މާލެއިން މީހަކު ގެއްލިގެން ހޯދަނީ

121

ޕާކިސްތާން ހައި ކޮމިޝަނުން އެމްޕަވަމަންޓް ހަބަށް ހިލޭ އެހީ ދީފި

121

ރަސްފަރި ފަރު އިއާދަކުރުމަށް ސަންގެލިން އެހީވާން އެއްބަސްވެއްޖެ

ELL Mobile Advertisement TTH_advertisement