ކުއްލި ޚަބަރު

ސިންގަޕޫރަކީ ދިވެހީގެ ތަރައްގީގައި ނަމޫނާއަކަށް ބަލާ ގައުމެއް: ރައީސް

ގެއްލިގެން ހޯދާ ބިދޭސީ މީހާ އޮތީ އުޅަނދުގެ އިންޖީނު ރޫމްގެ ތެރޭ: އެމްއެންޑީއެފް

މޯލްޑިވިއަންގެ އޭ-330 ގެ ދަތުރުތައް ދެކުނު އެފްރިކާއަށް ފަށަން ތައްޔާރުވަނީ

ސިންގަޕޫރަކީ ދިވެހީގެ ތަރައްގީގައި ނަމޫނާއަކަށް ބަލާ ގައުމެއް: ރައީސް

405671 ea6da90b 1

ސިންގަޕޫރަކީ ދިވެހީގެ ތަރައްގީގައި ނަމޫނާއަކަށް ބަލާ ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ސިންގަޕޫރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް ދެއްވި ޖާފަތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް މުއިއްޒު ވިދާޅުވީ މި ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި ދެ ގައުމުގެ ދެމެދު އޮތީ ޒަމާންވީ ބަދަހި ގުޅުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ ގުޅުން ގާއިމުވުމުގެ މާކުރިންވެސް ދިވެހި ދަތުރުވެރިންނަށް ސިންގަޕޫރަކީ މުހިންމު މަންޒިލެއް ކަމަށާއި އެ ގުޅުންތައް އިތުރަށް ބަދަހިވެ، ރާއްޖޭގެ ކުރިއެރުމާއި ތަރައްގީގައި ސިންގަޕޫރަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އަދި ތަރައްގީގައި ސިންގަޕޫރަކީ ނަމޫނާއަކަށް ބަލާ ގައުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެކިއެކި ދަތި ދުވަސްތަކުގައި ސިންގަޕޫރުން އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވިޔަފާރި އާއި އެކިއެކި ދާއިރާތަކުން ވެސް ސިންގަޕޫރުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިންގަޕޫރާއި އެކު މުހިންމު ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ގިނަ އިންވެސްޓަރުންނާއެކު ސިންގަޕޫރުގައި ރާއްޖޭގެ ބިޒްނަސް ފޯރަމް ފަށައިފި

Thilamale buridge

ތިލަމާލެ ބްރިޖްގެ %60 މަސައްކަތް ނިމިއްޖެ

121

ފައިނޭންސިންގ ފޯ ޑިވެލޮޕްމަންޓް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސްް ބައިވެރިވެވަޑައިގެންފި

TTH_advertisement ELL Mobile Advertisement