ކުއްލި ޚަބަރު

އެމްޑީޕީގެ ޗެއާޕާސަނާއި ރައީސްގެ މަގާމަކީ އެއް މަގާމެއްގެ ގޮތުގައި ހަދަނީ

އެމްޑީޕީ ދޫކޮށް ދާ މީހަކަށް މުޅި ޕާޓީ ނުގެންދެވޭނެ: ސޯލިހު

ރާއްޖެ އާއި ލަންކާއާ ދެމެދު ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން މަސައްކަތެއް ނުކުރޭ: ސައީދު

އިސްރާއީލަށް ޖާސޫސްކޮށްދިން އިތުރު 2 މީހުން އީރާނުން ހައްޔަރުކޮށްފި، ޖުމްލަ އަދަދު 700 އިން މައްޗަށް

Img 20250627 wa0166

އީރާނާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދިޔަ 12 ދުވަހުގެ ތެރޭގައި، އިސްރާއީލަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި އީރާނުން އިތުރު 2 މީހުން ހައްޔަރުކޮށްފިއެވެ.

އިސްރާއީލަށް ޖާސޫސްކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ އަންހެނަކާއި ފިރިހެނެކެވެ.

އީރާނުގެ އިންޓެލިޖެންސް އޮފިޝަލުން އެދެމީހުން ހައްޔަރުކޮށްފައިވަނީ އީރާނުގެ ހޮރްމުޒެގަން ޕްރޮވިންސުންނެވެ.

އީރާނު ފުލުހުންގެ ތަރުޖަމާނާ ހަވާލާދީ އިސްނާ ނޫސް އޭޖެންސީން ބުނެފައިވަނީ، ހައްޔަރުކުރި ދެމީހުންވަނީ، ހަނގުރާމައިގެ ތެރޭގައި، އީރާނުގެ އެތެރެއިން ހަމަލާ ދޭންވީ ތަންތަން ފާހަގަކޮށް، ބޭރުގެ ފަރާތްތަކާ މުއާމަލާތް ކޮށްފައެވެ. ނަމަވެސް، އެއީ ކޮން ފަރާތެއްކަމެއް ނޫސް އޭޖެންސީން ހާމަކޮށްފައެއް ނުވެއެވެ.

ހައްޔަރުކުރި ދެމީހުންނަކީ އީރާނަށް ކޮސްމެޓިކްސް އިމްޕޯޓްކުރުމުގެ އިތުރުން، ސެޓެލައިޓް ފޯނު މަރާމާތު ކޮށްދިނުމުގެ ޚިދުމަތް ދިނުމުގެ ނަމުގައި މަސައްކަތް ކުރަމުންދިޔަ ދެމީހުން ކަމަށް، އިސްނާއިން ބުނެފައި ވެއެވެ.

އިސްރާއީލަށް ޖާސޫސް ކޮށްދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެން މީހާއާއި ފިރިހެން މީހާވެސް ކުށަށް އިއުތިރާފް ވެފައިވާ ކަމަށާއި، ޖާސޫސް ކޮށްދީން އެމީހުންނަށް ފައިސާގެ ބޮޑެތި އަދަދުތައް ލިބިފައިވާ ކަމަށް، އެމީހުން އެއްބަސްވެފައިވާ ކަމަށްވެސް ނޫހުން ބުނެއެވެ.

އެދެމީހުން ފިލާތިބި ތަން، އީރާނުގެ އިންޓެލިޖެންސް އޮފިޝަލުން ބަލައި ފާސްކުރިއިރު، މުއާސަލާތީ އިކުއިޕްމަންޓާއި، ޖީޕީއެސްއާއި އަދި ސެޓެލައިޓް ފޯނުތައްވެސް ފެނިފައިވާ ކަމަށް، އިސްނާއިން ބުނެއެވެ.

އީރާނާއި އިސްރާއީލާ ދެމެދު 12 ދުވަސް ވަންދެން ބަދަލުކުރި ހަމަލާތަކުގެ ތެރޭގައާއި، އަދި ހަމަލާތަކުގެ ފަހުން އީރާނުން ގެންދަނީ އިސްރާއީލަށް ޖާސޫސްކޮށްދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ހޯދައި ހައްޔަރު ކުރަމުންނެވެ.

އެގޮތުން، މިހާތަނަށް 700 އަށްވުރެ ގިނަމީހުން ހައްޔަރު ކޮށްފައި ވެއެވެ.

ހަމަލާތަކުގެ ތެރޭގައާއި އަދި އޭގެފަހުން ހައްޔަރުކުރި ބައެއް މީހުންގެ މައްޗަށް އަވަސް ޝަރީއަތް ހިންގައި ބައެއް މީހުން ދަންޖައްސައި މަރާލާފައިވެސް ވެއެވެ. ބުދަދުވަހުވެސް 3 މީހުން ދަންޖައްސާފައި ވެއެވެ.

އިސްރާއީލުންވަނީ އީރާނުގެ 23 ޕްރޮވިންސަކަށް ބޮންއަޅާފައެވެ. ހަމަލާތަކުގައި، އީރާނު އަސްކަރިއްޔާގެ އެތައް ވެރީންނާއި، އީރާނު ނިއުކްލިއަރ ޕްރޮގްރާމްގެ އިސް ސައިންސްވެރިންތަކެއް އަވަހާރަ ކޮށްލާފައިވެއެވެ.

އަސްކަރިއްޔާގެ އިސް ވެރިންނާއި، އިސް ސައިންސްވެރިން އަވަހާރަ ކޮށްލާފައިވަނީ އެބޭފުޅުން ސީދާ ތިއްބެވި ތަންތަން ފާހަގަކުރުމަށްފަހު ހަމަލާދީގެންނެވެ. އެއީ، ޖާސޫސުން ދިން މައުލޫމާތުގެ އަލީގައެވެ.

އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ކާޒް އިއްޔެ ބުނެފައިވަނީ، އީރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްނުލެވުނީ އޭނާ ހުރިތަނެއް ނޭނގުމުގެ ސަބަބުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Guyt h9beaeg0rg

އެމްޑީޕީގެ ޗެއާޕާސަނާއި ރައީސްގެ މަގާމަކީ އެއް މަގާމެއްގެ ގޮތުގައި ހަދަނީ

343091 3 d0b304fc8f0b18767d3db6b030f3cb1ed9dc01cc large

އެމްޑީޕީ ދޫކޮށް ދާ މީހަކަށް މުޅި ޕާޓީ ނުގެންދެވޭނެ: ސޯލިހު

3

‘ފުލުހަކާ އެކު ކޮފީއެެއް’ މާދަމާ

367637 c81b0517 b

ރާއްޖެ އާއި ލަންކާއާ ދެމެދު ޑިއުޓީފްރީ ޒޯނެއް ގާއިމުކުރަން މަސައްކަތެއް ނުކުރޭ: ސައީދު

ELL Mobile Advertisement TTH_advertisement