ކުއްލި ޚަބަރު

ޑްރޯންގެ އެހީގައި ލަންކާގެ ދެ މަސް ބޯޓެއް އަނެއްކާވެސް އަތުލައިގެންފި

ކައިރިކައިރީ އިންތިޚާބުތައް އޮތުމުން ރައީސުލްޖުމްހޫރިއްޔާއަށް ވެރިކަންކުރަން އެކަށީގެންވާ ފުރުސަތެއް ނުލިބޭ: އާދަމް ޝަރީފް

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

ސާވާއަށް ގެއްލުންދިން ކަމަށް ނިންމައި، ބްރޯޑްކޮމްގެ އައިޓީ އޮފިޝަލު ވަކިކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ ސާވަރުތަކަށް ގެއްލުން ދިނުމުގެ މައްސަލައެއްގައި ވަގުތީގޮތުން މަސައްކަތުން ދުރުކުރެވިފައިވާ އެ ތަނުގެ އައިޓީ އޮފިސަރު އަޙްމަދުޙްމަދު ފަޒީލް، މަޤާމުން ވަކިކޮށްފިއެވެ.

މިދިޔަ މެއި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަށް ފަޒީލށް ފަޒީލް ހުރީ ވަގުތީގޮތުން މަސައްކަތުން ދުރުކުރެވިފައެވެ.

އޭނާ ވަގުތީގޮތުން މަސައްކަތުން ދުރުކުރުމުގެ އެއް ދުވަސް ކުރިން ބްރޯޑްކޮމްގެ ސާވަރަށް މައްސަލައެއް ދިމާވުމާ ގުޅިގެން، އެ ކޮމިޝަނުން އެ މައްސަލަ ދިރާސާކުރުމަށްފަހު ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަޙުޤީޤަކަށް ބްރޯޑްކޮމުން އެދުނެވެ.

ބްރޯޑްކޮމްގެ ރައީސް ސޮފާ ޝަފީޤް “ވަން” އަށް މިއަދު ވިދާޅުވީ އެ މައްސަލަ ތަޙުޤީޤުކުރުމަށްފަހު ފުލުހުންގެ ހޯދުންތައް މިދިޔަ ހޯމަ ދުވަހު ރަސްމީ ލިޔުމަކުން ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

“ފުލުހުން 23 ޖޫން 2023 ވަނަ ދުވަހު އަޅުގަނޑުމެންނަށް ފޮނުވި ސިޓީގައި އެބަވޭ އެ ބޭފުޅުންގެ ތަޙުޤީޤަށް އެ މައްސަލައިގައި ލިބިފައިވާ ހެއްކާއި ޤަރީނާއަށް ބަލާއިރު، އެ މައްސަލައިގައި ހިމެނޭ ޢަމަލަކީ ގަސްދުގައި، ގެއްލުމެއް ދިނުމަށް ކޮށްފައިވާ ޢަމަލެއް ކަމަށް،” ސޮފާ

ސޮފާ ވިދާޅުވީ އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާ ޙަވާލާދީ، ނޯޓިސް ދިނުމަކާ ނުލައި ފަޒީލް އިއްޔެގެ ވަގުތެއްގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ މުވައްޒަފެއްގެ ޢަމަލެއްގެ ސަބަބުން ވަޒީފާ އަދާކުރާ ތަނަށް ނުރައްކަލެއް ނުވަތަ ގެއްލުމެއް ލިބިފައިވާނަމަ، ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒަމްއަތު ބްރޯޑްކޮމްއަށް އައްޔަންކުރަން ރުހުންދީފި

Xee

ބްރޯޑްކޮމްގެ އެސްޖީ މަގާމުން ވަކިކޮށްފި

ބްރޯޑްކޮމްގެ މެންބަރުކަމަށް މޫސާ ރިޟްވާން އައްޔަންކުރަން މަޖިލީހުން ފާސްކުރައްވައިފި

01j33bjaab81abptfrm0w82zp1

ޕީއެންއެފްގެ ޖަލްސާގައި ނޫސްވެރިޔާ މަދަދާއަށް ފުރައްސާރަކުރުމުން ބްރޯޑްކޮމްގެ ކަންބޮޑުވުން

TTH_advertisement