ކުއްލި ޚަބަރު

ރައީސް ޑޯޕިންގ އެޖެންސީ އުފައްދަވައިފި

އެމްޕީއެލްގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން ފައިސާ ހޯދި ބަޔަކު ހައްޔަރުކޮށްފި

މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގެ ބައެއް ސާމާނު އޮޔާ ދާތީ ސަމާލުވާން އިލްތިމާސްކޮށްފި

3

ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގައި ހުރި ބައެއް ސާމާނު އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވާން އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ، މާލެއިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ސިވެކްގެ ”އެލްސީ 308“ ލޭންޑިންގ ކްރާފްޓު ބަންޑުން ޖަހާލާފައިވަނީ ޅ. ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރަށް ކަމަށެވެ.

އަދި މި އުޅަނދުގައި ހުރި ބައެއް ސާމާނު މިވަގުތު އިރުމައްޗަށް ވާގޮތަށް އޮޔާދަމުން ދާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ފަޅުވެރިންނާއި ފަސިންޖަރުން ޚާއްސަ ސަމާލުކަމެއް ބެހެއްޓުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، ޚާއްސަކޮށް ރޭގަނޑުގެ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އިތުރު ސަމާލުކަމެއް ދިނުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ފޭސް އެކެއްގައި ހުންނަ ”ބްރަންޗް ހައުސް“ކެފޭ ގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

kulli khabaru

ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވަނީ

އައްޑޫ ނޭޗާޕާކް ކައިރީގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

G9kx9LdaEAAe3A1

ދިޔަވަމުންދިޔަ ‘ހަވާސާ’ ބޯޓަށް އެމްއެންޑީއެފްގެ އެހީތެރިކަން ފޯރުކޮށްދީފި

TTH_advertisement