ޅ. މަޑިވަރު އެއާޕޯޓު ކައިރިން މިރޭ ލޯންޗަކާއި ޑިންގީއެއް ޖެހި، ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ބުނީ، ޅ. މަޑިވަރު އެއާޕޯޓާ ދިމާ ކަނޑު މަތިން ލޯންޗަކާއި ޑިންގީއެއް ޖެހި އެކްސިޑެންޓްވި ކަމުގެ ރިޕޯޓް މިރޭ 20:26 ހާއިރު ލިބިފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި ޑިންގީގައި ތިބި ތިން މީހުންނަށް އަނިޔާވުމާ ގުޅިގެން ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއްކަމެއް އަދި ސާފެއް ނުވެއެވެ.
އެ އެކްސިޑެންޓުގައި ހިމެނޭ ޑިންގީ އެކްސިޑެންޓަށް ފަހު ގެއްލިފައިވާ ކަމަށާއި ބެލެވޭ ގޮތުގައި އަޑިއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ހިޔާލު