ކުއްލި ޚަބަރު

މަންޑޭ ޝަރީއަތް ނިމެންދެން ބަންދަށް ގެންގޮސްފި

ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި

ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނު ނުހުއްޓަނީސް، ހަމަލާތައް ހުއްޓާނުލާނޭ ކަމަށް ޔަމަނުން ބުނެފި

އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ޚިދުމަތް 4 މަސް ދުވަހުގެ ތެރޭގައި ފެށޭނެ: ނާޒިމް

minister nazim

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ކެތު ލެބުގެ ޚިދުމަތް 4 މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ކެތުލެބުގެ މަސައްކަތްތަކާ ގުޅޭގޮތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ލިޔުމުން ޖަވާބު ހޯއްދެވުމަށް ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ލިޔުމުން ފޮނުއްވެވި ޖަވާބުގައި ވިދާޅުވީ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކެތު ލެބު ގާއިމުކުރުމަށް އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، މެޝިނަރީސް އިންސްޓޯލް ކުރުމާ ގުޅުންހުރި މަސައްކަތްތަކުގެ %98 މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ހޮސްޕިޓަލުގައި ގާއިމުކުރާ ކެތުލެބު ފުރިހަމަ ކުރުމަށް ގޮތުން އެތަން ހިންގާ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް މިހާރު އިއުލާންކުރެވިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

ކެތު ލެބު ހިންގަން ޝައުގުވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވާލެވޭ ފަރާތުގެ ޕްރޮޕޯސަލް ހޯދައި އެ ފަރާތަކާ ކެތުލެބު ހިންގުމުގެ ކަންކަން ހަވާލުކުރެވޭނެ ކަމަށާއި ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށް ސިއްޙީ ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ގާއިމުކުރާ ކެތު ލެބު ފަސް އަހަރުގެ މުއްދަތަށް މެނޭޖްކޮށް އޮޕަރޭޓުކޮށްދޭނެ ބަޔަކު ހޯދުމަށް މާލީ ވުޒާރާއިން ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މި ލެބު ހިންގަން ބޭނުންވާ ފަރާތްތަކުން “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް”، އީއޯއައި މި މަހުގެ 29ވާ އާދީއްތަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ.

މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މާލީ ވުޒާރާއިން ދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

3

އެޗްއާރްސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

3

ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކޮށްފި

3

ސްޓެލްކޯގެ އިންހައުސް ޓްރެއިނާސް ޕޫލް އިފްތިތާހުކޮށްފި

3

އެމްއެމްއޭގެ ބޯޑުގެ އެޑްވައިޒަރުގެ މަގާމުން އިދްހާމް ވަކިކޮށްފި

ELL Mobile Advertisement TTH_advertisement