ކުއްލި ޚަބަރު

މަންޑޭ ޝަރީއަތް ނިމެންދެން ބަންދަށް ގެންގޮސްފި

ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި

ޣައްޒާއާ ދެކޮޅަށް ހިންގާ އުދުވާނު ނުހުއްޓަނީސް، ހަމަލާތައް ހުއްޓާނުލާނޭ ކަމަށް ޔަމަނުން ބުނެފި

ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރޭ: ރައީސް

raees muiz

ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އަންހެނުން މުހިންމު ދައުރެއް އަދާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، އިންޓަރްނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމަސީއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެެެވެ.

މި މެސެޖުގައި ރައީސް މުޢިއްޒު ވަނީ ބައިނަލްއަގްވާމީ ގުޅުންތައް ބައްޓަންކުރުމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސުލްހައާއި ހަމަޖެހުމާއި ތަރައްގީ ކުރިއެރުވުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ދުވަސް ފާހަަގަކުރަނީ ފަހުރުވެރިކަމާއެކުގައި ކަމަށެވެ. އެއީ، އދ. ގެ ގައުމެއްގެ ގޮތުގައި މި ހަރަކާތަށް ޚާއްސަ އިސްކަމެއް ދޭތީއެވެ.

އދ. އިން އުފައްދަވާފައިވާ އިންޓަރްނޭޝަނަލް ޑޭ އޮފް ވިމެން އިން ޑިޕްލޮމަސީއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަންހެން ޑިޕްލޮމެޓުންނާއި ލީޑަރުންގެ އަގު ވަޒަންކޮށް ފާހަގަކުރާ ދުވަހެކެވެ.
މިދުވަސް ރަސްމީކޮށް ބަލައިގަތުމަށް އދ. ގައި ވަކާލާތުކުރުމުގައި ރާއްޖެއިން މުހިންމު ދައުރެއް އަދާކޮށްފައިވާއިރު، ދުނިޔޭގެ މައިދާނުގައި ޖެންޑަރ އިންކްލޫސިވިޓީއަށް ވަކާލާތުކުރަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

87c489f9 39e8 4082 afbe db3c2efd4fe3

މަންޑޭ ޝަރީއަތް ނިމެންދެން ބަންދަށް ގެންގޮސްފި

398068 6b72faf6 2

ހާފިޒުންގެ އެލަވަންސް ދެގުނައަށް ބޮޑުކުރަން ސަރުކާރުން ނިންމައިފި

405478 cc75b101 3

ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނަށް ހިންގާ ޕްރޮގްރާމުގެ ދެވަނަ ސެޝަން ބާއްވައިފި

minister zameer

އޭ.އައި.އައި.ބީގެ އަހަރީ ބައްދަލުވުމަށް މިނިސްޓަރ ޒަމީރު ޗައިނާ އަށް ވަޑައިގެންފި

ELL Mobile Advertisement TTH_advertisement