ކުއްލި ޚަބަރު

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝައިޚް ޝިފާން އިންތިޚާބުވެއްޖެ

އެމްއޭސީއެލް އިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފި

ފްރީ ސްޓޯރޭޖަށް ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖް އޭރިޔާ ދޭ މުއްދަތަށް ބަދަލެއް

މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރަން ރާއްޖޭގެ އެހީ އީރާނަށް ލިބޭނެ: ރައީސް

3

މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް ހަމަޖެހުން ގާއިމުކުރަން ރާއްޖޭގެ އެހީ އީރާނަށް ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އީރާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ޑރ. އަލީރިޒާ ދެލްކޯޝް، ވަނީ ސަފީރުކަމުގެ ފަތްކޮޅު، ރައީސް މުއިއްޒަށް މިއަދު އަރުއްވައިފައެވެ.

ސަފީރުކަމުގެ ފަތްކޮޅު އެރުއްވުމުން ރައީސް ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެފައެވެ. އެއަށްފަހު ދެ ބޭފުޅުން ވަނީ މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފައެވެ.

ރައީސް ވަނީ އީރާނުގެ ސަފީރާ ބައްދަލުކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެޤައުމުގެ ދެމެދުގައި އޮންނަ އެއްބަނޑު އެއްބަފާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމާއި، އިގުތިސާދީ ގޮތުން އެއްބާރުލުން އިތުރުކުރުމާއި، ފަންނީ ތަޖުރިބާ ޙިއްޞާކުރުމާއި ކުރިއަށް އޮތްތަނުގައި ދޭދޭ ރައްޔިތުންގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ.

މެދުއިރުމަތީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަން ކުޑަކޮށް، އެ ސަރަހައްދުގެ ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެއިން އޮތީ ތައްޔާރަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު މިފަދަ ކަންކަމުގައި ގެންގުޅުއްވާ ސިޔާސަތަށް ތަޢުރީފުކުރައްވައި، އީރާނުގެ ލީޑަރޝިޕްގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވަނީ، އިޒްރޭލުން އީރާނަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކުރައްވައި، އެ ހަމަލާތަކަކީ ބައިނަލްއަގުވާމީ ޤާނޫނުތަކާ ވަރަށް ބޮޑަށް ޚިލާފު ހަމަލާތަކެއް ކަމުގައި ވިދާޅުވެ، އެމަނިކުފާނުގެ އަމިއްލަފުޅު އެކްސް އެކައުންޓުން ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20251125 171638

ފޭސް 3 މަސައްކަތް އަވަސްކުރުމަށް އިތުރު ބިޔަ ޑްރެޖަރެއް ރާއްޖެ ގެނެސްފި

މުޅިރާއްޖޭގައި ތަރައްގީގެ 1،875 މަޝްރޫޢު އެބަހިނގާ: ރައީސް

112

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

Whatsapp image 2025 07 31 at 11.30.44

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

TTH_advertisement