ކުއްލި ޚަބަރު

ރިޔާސީ ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

ވިނަރެސް ފްލެޓްގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އެމެރިކާއަށް ރައްދު ދިނުމާމެދު އީރާނުން އަދި ގޮތެއް ނުނިންމާ، ފަހުބަސް އިއްވާނީ ސުޕްރީމް ކައުންސިލުން

ޕެރަގުއޭގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

ޕެރަގުއޭގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ ފްލެމީ ރައުލް ދުއަރްތޭ ރަމޯސް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި، ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

ޕެރަގުއޭގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން، ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމާއި، ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އެކުގައި މަސައްކަތްކުރުން ހިމެނެއެވެ. މީގެއިތުރުން ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާއި، ދެ ޤައުމުގެ މެދުގައި ސަޤާފީ ގުޅުން ބަދަހިކޮށް، އެއްބައިވަންތަކަން އިތުރުކުރުމަށްވެސް ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ދެ ޤައުމަށް ފައިދާކުރަނިވި ކަންކަމުގައި އެކުގައި މަސައްކަތްކުރުމަށް ހުރި އިތުރު ފުރުޞަތުތައް ހޯދުމަށް، ގުޅިގެން މަސައްކަތްކުރެއްވުމަށް ބޭނުންފުޅުވާކަން ދެ ބޭފުޅުންވެސް ވަނީ ހާމަކުރައްވާފައެވެ.

ދިވެހިރާއްޖެއާ ޕެރަގުއޭއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2010 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 28 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Nav

ރައްޔިތަކު ފުލުހެއްގެ ކިބައިން އެހީއަކަށް އެދޭހިނދު ދިއްކޮށްލެވެނީ އިޚްލާސްތެރި އަތަކަށް ވާނެޖެހޭނެ: ސީޕީ ނަވީން

400757 ef6dbbf6 b

ރިޔާސީ ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

3

މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރަން ރާއްޖޭގެ އެހީ އީރާނަށް ލިބޭނެ: ރައީސް

3

ހާއްސަ ދާއިރާތަކުން ސިއްޙީ ހިދުމަތްތެރިން ތަމްރީން ކުރުމަށް މަޝްވަރާކޮށްފި

ELL Mobile Advertisement TTH_advertisement