ކުއްލި ޚަބަރު

ރިޔާސީ ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

ވިނަރެސް ފްލެޓްގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އެމެރިކާއަށް ރައްދު ދިނުމާމެދު އީރާނުން އަދި ގޮތެއް ނުނިންމާ، ފަހުބަސް އިއްވާނީ ސުޕްރީމް ކައުންސިލުން

މިޞްރު ސަރުކާރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

މިޞްރު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސަލަންސީ އާދިލް އިބްރާހީމް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވާފައެވެ.

މިޞްރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ވިދާޅުވެފައެވެ.

އެއަށްފަހު އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި މަތީ ތަޢުލީމާއި އިޤުތިޞާދީ ގޮތުންނާއި، ސިއްޙީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުން ހިމެނެއެވެ.

ދިވެހިރާއްޖެއާ މިޞްރާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1969 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

400757 ef6dbbf6 b

ރިޔާސީ ކޮމިޝަނުގެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ރައީސް އަންގަވައިފި

3

މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރަން ރާއްޖޭގެ އެހީ އީރާނަށް ލިބޭނެ: ރައީސް

3

ހާއްސަ ދާއިރާތަކުން ސިއްޙީ ހިދުމަތްތެރިން ތަމްރީން ކުރުމަށް މަޝްވަރާކޮށްފި

3

ރާއްޖޭގެ އިޤްތިސާދީ ސަރަހައްދުގައި އުޅުނު ބޭރުގެ 2 މަސްބޯޓެއް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފި

TTH_advertisement ELL Mobile Advertisement