ކުއްލި ޚަބަރު

ވިނަރެސް ފްލެޓްގެ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އެމެރިކާއަށް ރައްދު ދިނުމާމެދު އީރާނުން އަދި ގޮތެއް ނުނިންމާ، ފަހުބަސް އިއްވާނީ ސުޕްރީމް ކައުންސިލުން

ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ވާދަކުރައްވަން ނިންމަވައިފި

އާ ޓާމިނަލް ފުރަތަމަ ބޭނުންކުރުމުގެ ޝަރަފް މޯލްޑިވިއަނަށް!

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓަރމިނަލް އަންނަ މަހުގެ 26 ވަނަ ދުވަހު ހުޅުވުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ބަދަލުކުރެވޭނީ ޤައުމީ އެއަރލައިން، މޯލްޑިވިއަން ކަމަށާއި، އޭގެ ދެ ހަފްތާއެއްހާ ދުވަސް ފަހުން އެހެނިހެން އެއަރލައިންތައްވެސް ބަދަލުކުރެވޭނެ ކަމަށް އެމްއޭސީއެލްއިން އިއްޔެ ހާމަކޮށްފިއެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު އެއް މަޝްރޫޢަކީ އައު ޓަރމިނަލް ނިންމުމެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އައު ޓަރމިނަލްގެ މަސައްކަތުގެ ތެރެއިން ނިމިފައިވަނީ 54 އިންސައްތައެވެ. މި މަޝްރޫޢު ނުނިމި، 9 އަހަރު ވުމުގެ ސަބަބުން ރައީސް ޑރ. މުޢިއްޒު އެމްއޭސީއެލްގެ ވެރިންނަށް ދެއްވި އެންމެ މުހިންމު އިރުޝާދަކީ މަޝްރޫޢަށް ޚާއްޞަ ސަމާލުކަމެއްދީ އަވަހަށް ނިންމުމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން މިހާރު ކުރިއަށްދަނީ އައު ޓަރމިނަލް ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ ދުވަހު ހުޅުވުމަށް ތައްޔާރުވަމުންދާ، 7.5 މިލިއަން މީހުންނަށް ޚިދުމަތްދެވޭނެ އައު ޓަރމިނަލްގައި 48 ޗެކިން ކައުންޓަރު ހުންނާނެއެވެ. އަދި ފުރާ ފަސިންޖަރުންނަށް ޚާއްޞަކޮށްގެން އިމިގްރޭޝަންގެ 20 ކައުންޓަރާއި، އަންނަ ފަސިންޖަރުންނަށް ޚާއްޞަކޮށްގެން 28 ކައުންޓަރު ހުންނާނެއެވެ. މީގެއިތުރުން، އެއަރޕޯޓުގައި ކަސްޓަމްސްގެ 6 ބެލްޓު ޤާއިމުކުރެވިފައިވެއެވެ. އައު ޓަރމިނަލްގެ އެންމެ ތިރީ ބައި ޚާއްޞަކުރެވިފައިވަނީ ފުރަން އެއަރޕޯޓަށްދާ ފަސިންޖަރުންނަށް ޚާއްޞަ ޗެކިން ކައުންޓަރުތަކުން ޗެކިންވުމަށެވެ.

އައު ޓަރމިނަލަށް ވަނުމަށްފަހު އެންމެ ފުރަތަމަވެސް ދާންޖެހޭނީ ކަނޑައެޅިފައިވާ އެއަރލައިނެއްގެ ޗެކިން ކައުންޓަރަކަށެވެ. އިންޓަނޭޝަނަލް އެއަރޕޯޓުގައި މިހާރު ޢަމަލުކުރަމުންދާ ގޮތުން ޓަރމިނަލަށް ވަންނައިރު، ފުރަތަމަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޗެކިން ޕޮއިންޓުތަކެއް ޤާއިމުކުރެވިފައި ހުރެއެވެ. ނަމަވެސް، އައު ޓަރމިނަލާއެކު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ ޗެކިން ޕޮއިންޓުތަކާ ހަމައަށް ދެވޭނީ ޗެކިންވުމަށްފަހުގައެވެ. އެހެންކަމުން، އެއަރޕޯޓުގައި ޗެކްކުރެވޭނީ އެންމެ ފަހަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ތަޖަކިސްތާންގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

ކެމްބޯޑިއާގެ އައު ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

ކެންޔާގެ ހައި ކޮމިޝަނަރ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

ޕެރަގުއޭގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އަށް އަރުވައިފި

ELL Mobile Advertisement TTH_advertisement