ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ކައުންސިލް އިންތިޚާބަށް ކުރިމަތިލާން މާޗް މަހު ހުޅުވާލަނީ

57

އަންނަ އަހަރުގެ އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލެވޭނީ އަންނަ އަހަރުގެ މާރިޗު މަހުގެ ތެރޭގައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޞަލާޙު ވިދާޅުވީ، ޤާނޫނުގައިވާ ގޮތުން ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ 45 ދުވަސް ކުރިން އިންތިޚާބު ބާއްވަންޖެހޭނެ ކަމަށެވެ.

އެހެންކަމުން އިންތިޚާބު އޭޕްރީލް މަހު ބޭއްވުމަށްޓަކައި މާރިޗު މަހު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަން ޖެހޭނެއެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރަމުންދަނީ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށާއި ދާއިރާތަކަށް ކައުންސިލަރުންގެ އަދަދު ކަނޑައެޅުމަށް އާބާދީ ގުނުމުގެ މަސައްކަތްކަން ޞަލާޙު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އިންތިޚާބީ އެކިއެކި މަސައްކަތްތައް ކުރުމަށް ތަނެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނުގައިވާ ގޮތުން ރަޖިސްޓަރީކުރެވިފައިވާ އާބާދީގެ 3,000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 މެންބަރުންނެވެ. އަދި އާބާދީ 3،000 މީހުންނަށްވުރެ ގިނަ ނަމަ 5 މެންބަރުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން 1,500 ރުފިޔާގެ ޑިޕޮޒިޓެއް ދައްކަންޖެހޭނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓަކާ ނުލައި ވާދަކުރާ ފަރާތްތަކުން މަދުވެގެން އިންތިޚާބީ ދާއިރާގެ 50 މީހުންގެ ސޮއި ހުށައަޅަންޖެހޭނެ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Amaan

ކައުންސިލް އިންތިޚާބަށް ކުރިމަތިލެވޭ ވަގުތު އިތުރުކޮށްފި

2

މުއްދަތު ހަމަވިއިރު، ވޯޓާސް ލިސްޓަށް 779 ޝަކުވާ ހުށަހެޅުނު

Election

ކައުންސިލް އިންތިޚާބު: ބޭރުގެ އޮބްޒާވަރުންނަށް ހުޅުވާލައިފި

Election commission

ކައުންސިލް އިންތިޚާބު: ޝަކުވާ ހުށަހެޅުން މިއަދު ހަމަވާނެ

TTH_advertisement