ކުއްލި ޚަބަރު

މާލޭގެ ގެއެއްގެ 2 ވަނަ ފަންގިފިލާއިން ވެއްޓުނު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

އީރާނުގެ ސަލާމަތާއި ސިޔާދަތަށް ނުރައްކާވެއްޖެ: ސައުދީ

އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒު ތަކަށް ބޮން އަޅައިފިކަމަށް ބުނެފި

ޗައިނާގެ ކުޑަކުދިންގެ ހޮސްޕިޓަލަކާއެކު ދަރުމަވަންތަ ހޮސްޕިޓަލުން އެއްބަސްވުމެއްގައި ސޮއިކޮށްފި

ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޗައިނާގެ ސޫޗައު ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އައިޖީއެމްއެޗްއިން ވިދާޅުވީ، ޗައިނާގެ ސޫޗައު ޔުނިވަރސިޓީގެ ކުޑަކުދިންގެ ހޮސްޕިޓަލާއެކު ވެފައިވާ މި އެއްބަސްވުމަކީ ރާއްޖޭގައި ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތް ރަނގަޅުކުރަން އެޅޭ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދު މި ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ސިއްޙީ ނިޒާމު ކުރިއަރުވަން އެއްބާރުލުން ދިނުމުގެ ކަންކަންވެސް ކުރިއަށްދާނެކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުންނާއި އެ ދާއިރާއިން ތަމްރީނުވާ ފަރާތްތަކަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ.

ޗައިނާގެ ހޮސްޕިޓަލަކާއެކު ކުޑަކުދިންގެ ސާޖިކަލް ކެއަރގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެއްބަސްވުމެއް އެކުލަވާލާފައިވާއިރު، ވިލިމާލޭގައި ސަރުކާރުން ތަރައްޤީކުރާ 100 އެނދުގެ ޓާރޝަރީ ހޮސްޕިޓަލުގެ މަޝްރޫޢަކީވެސް ޗައިނާގެ އެހީގައި ހިންގާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލޭގެ ގެއެއްގެ 2 ވަނަ ފަންގިފިލާއިން ވެއްޓުނު މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި

އީރާނުގެ ސަލާމަތާއި ސިޔާދަތަށް ނުރައްކާވެއްޖެ: ސައުދީ

trump

އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒު ތަކަށް ބޮން އަޅައިފިކަމަށް ބުނެފި

3

އެތައް ބަޔަލަށް ލަނޑުދިނުމަށްފަހު “ޖެމްކިޔު” ވުޖޫދުން ގެއްލިއްޖެ

TTH_advertisement ELL Mobile Advertisement