ކުއްލި ޚަބަރު

ޗެމްޕިއަންސް ލީގު މެޗެއް ބަލައިލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އާއި މާސްޓާކާޑު ގުޅިގެން ފަށައިފި

މާލޭގެ އަވަށްތަކަށް އަމާޒުކޮށް ބައްދަލުވުންތަކެއް ބާއްވަން ރައީސް ނިންމަވައިފި

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

އިސްރާއީލުން ދަނީ މުޅި ސަރަހައްދުގެ ހަމަނުޖެހުން ނަގާލަމުން: މިނިސްޓަރު ޚަލީލް

3

އިސްރާއީލްގެ އަނިޔާވެރިކަން މިހާރު ވަނީ ހައްދުން ނައްޓާފައި ކަމަށާއި އެ ގައުމުން ދަނީ މުޅި ސަރަހައްދުގެ ހަމަޖެހުމާއި ސުލްހަ ނަގާލަމުން ކަމުގައި ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޚަލީލް މިހެން ވިދާޅުވީ އޮގަނައިޒޭޝަން ފޮ އިސްލާމިކް ކޯޕަރޭޝަންގެ 51 ވަނަ ކައުންސިލުގައި ވާހަކަ ދައްކަވަމުންނެވެ.

އެ ކައުންސިލު ބައްދަލުވުމުގައި މިނިސްޓަރު ވަނީ އުއްމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.

އެގޮތުން މިނިސްޓަރު ޚަލީލް ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން ހައްދެއް ނެތް ކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށްދޭ އަނިޔާތަކުން ފެށިގެން އިރާނަށް ދިން ހަމަލާތަކުން ވެސް އެ ގައުމަކީ މުޅި ސަރަހައްދުގެ ހަމަޖެހުމަށް އޮތް ބޮަޑު ނުރައްކަލެއްކަން ދޭހަވާ ކަމަށެވެ.

ރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރުމުގައިކަން ފާހަގަ ކުރައްވަމުން ފޮރިން މިނިސްޓަރ އިތުރަށް ވިދާޅުވީ ފަލަސްތީނަކީ މިނިވަން އަދި އިސްތިގްލާލީ ގައުމެއްގެ ގޮތުގައި ބަލައިގަތުމަކީ ސުލްހައާއި އިންސާފު ގާއިމްކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Kuwwait 945x630

ފޮރިން މިނިސްޓަރު ކުވޭތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

Kkvv

ތަރައްގީގެ މަޝްރޫއުތަކަށް އެހީ ހޯދަން މިނިސްޓަރު ޚަލީލް ކުވައިތުގައި

އޯއައިސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ޑރ. ޚަލީލު ސައުދީ އަށް

TTH_advertisement