ޝަރަފުވެރިކަމާ އެކު ރިޓަޔާކުރައްވާ އުއްތަމަފަނޑިޔާރަކަށް ގަނޑުކޮށް 500،000 އެެއްހާ ރުފިޔާއާ އެކު މަހަކު 70،000ރ. ގެ އިތުރު އެލަންސެއް ދިނުމާ މެދު ފިނޭންސް މިނިސްޓްރީ ލަފާ ހޯދުމާ އެކު ޕޭ ކޮމިޝަނުން ނިންމާ ގޮތަކަށް އަމަލު ކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މިހާރު އުއްތަމަފަނޑިޔާރުގެ މަގާމުގައި ހުންނެވި މުއުތަސިމް އަދުނާން މިދިޔަ މެއި މަހު ރިޓަޔާ ކުރައްވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަނީ ހުށަހަޅުއްވައިފައެވެ.
ރިޓަޔާމަންޓް އެލަވަންސް ދިނުމުގައި ހިދުމަތް ކުރި މުއްދަތުގެ ގޮތުގައި ފަނޑިޔާރު ކަމުގައި ހޭދަވި މުއްދަތުގެ އިތުރުން މުޅި ދައުލަތަށް ހިދުމަތް ކުރި މުއްދަތު ހިމެނުމަށް ހިމަނާފައިވެ އެވެ. އެހެންވެ އޭރުން މުއުތަސިމަށް މިހާރު ގަޑުކޮށް ލިބިވަޑައިގަންނަވަން އޮތް 185،100ރ. ގެ ބަދަލުގައި 493،600ރ. ލިބިވަޑައިގަންނަވާނެއެވެ.
ދަތުރުފަތުރުގެ އެލަންސް (ޑްރައިވަރެއްގެ މުސާރަ އާއި ޕެޓްރޯލް) އާއި ލިވިން އެލަވަންސަށް މަހަކު 70،000ރ. ހިމެނޭ ގޮތަށެވެ.