ކުއްލި ޚަބަރު

ރޭގަނޑު 12 ގެ ފަހުން މަގުމަތީގައި އުޅޭ ބިދޭސީންނާ ސުވާލުކުރަން ރައީސް އަންގަވައިފި

މާލޭގެ މޭޔަރު ކަމަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވަން ހުށަހެޅުއްވީ މޫސާ އަލީ ޖަލީލް އެކަނި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ބީއެމްއެލް އިން މުހިންމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

މަސްޖިދުލްް އަޤްޞާއަށް ވަނުން މުއްދަތެއް ނެތް ގޮތަށް މަނާ ކޮށްފި

ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ، މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ތަންކަމުގައިވާ މަސްޖިދުލްް އަޤްޞާއަށް ވަދެނިކުތުން އިސްރާއީލީ ސަލާމަތީ ބާރުތަކުން ވަނީ މަނާކޮށްފައެވެ. މިއީ ކޯވިޑް-19 ބަލިމަޑުކަމުގެ ފަހުން މަސްޖިދުލްއަޤްޞާ މިފަދަ ގޮތަކަށް ބަންދުކުރެވޭ ފުރަތަމަ ފަހަރެވެ.

ހުކުރު ދުވަހުގެ ފަތިސް ނަމާދަށްފަހު، އިސްރާއީލީ ސަލާމަތީ ބާރުތައް މިސްކިތުގެ ތެރެއަށް ވަދެ، އެތަނުގައި ތިބި މީހުން ބޭރުކޮށް، މިސްކިތުގެ ދޮރުތަކާއި ގޭޓުތައް ބަންދުކުރިކަމަށް ރިޕޯޓުތައް ދައްކައެވެ. އެ ސަރަހައްދުގައި އެވަގުތު ތިބި މީހުން ބުނާގޮތުގައި، އެއްވެސް މީހަކަށް މިސްކިތަށް ނުވަދެވޭނެކަމަށް ސަލާމަތީ ބާރުތަކުން އަންގާފައިވެއެވެ. މީގެ ސަބަބުން އެދުވަހުގެ ހުކުރު ނަމާދު މަސްޖިދުލްއަޤްޞާގައި އަދާކުރެވިފައެއް ނުވެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ އިސްރާއީލާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ތެރޭގައެވެ. އިސްރާއީލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން، އިސްރާއީލުގެ ބާރުގެ ދަށުގައިވާ ހުޅަނގު އައްސޭރީގައިވެސް ފުރަބަންދެއް ޤާއިމުކޮށްފައިވެއެވެ. މިއާ ގުޅިގެން އީރާނުންވެސް އިސްރާއީލަށް ޖަވާބީ ހަމަލާތައް ދެމުންދާކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ.

ޤުދުސްގައި ހުންނަ އިސްލާމިކް ވަޤުފުގެ އިންޓަނޭޝަނަލް އެފެއާޒް، ޑިޕްލޮމަސީ އެންޑް ޓުއަރިޒަމްގެ ޑިރެކްޓަރު އަޢޫން ބަޒްބާޒް ވިދާޅުވެފައިވަނީ، މި ހަނގުރާމަ ބަހާނާއަކަށް ހަދައި، އިސްރާއީލުން މަސްޖިދުލްއަޤްޞާއަށް އިތުރު ނުފޫޒު ފޯރުވަން މަސައްކަތްކޮށްފާނެކަމާމެދު ކަންބޮޑުވާކަމަށެވެ. އޭނާ އިތުރަށް ވިދާޅުވެފައިވަނީ، ދުނިޔޭގެ ސަމާލުކަން ޣައްޒާއަށާއި އީރާނަށް ހުއްޓިފައިވާ ވަގުތު، މަސްޖިދުލްއަޤްޞާ ބޭނުންކުރުމަށް އައު ހުރަސްތަކެއް އެޅުމަށް އިސްރާއީލުން މަސައްކަތްކުރާނެކަމާމެދު ޝައްކެއް ނެތްކަމަށެވެ.

މި ހާދިސާއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އދ އިން ވަނީ ހުރިހާ ފަރާތްތަކަށް އިޙްތިރާމްކުރުމަށާއި، ކަންކަން އިތުރަށް ގޯސްވިޔަ ނުދިނުމަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސްޕެއިންގެ ބޮޑުވަޒީރު ޕޯސްޓްކުރެއްވި މި ފޮޓޯއިން އިސްރާއީލުގެ ހިތަށް ވަރަށް ތަދުވެއްޖެ

ފަލަސްތީނު ގައުމީ ޓީމުގެ ކޯޗަށް އެންމެބޮޑު ހިތްވަރަކާއި އުންމީދެއް ދެނީ ޣައްޒާގައި ހުރި އޭނާގެ މަންމަ

ބަރްޣޫތީއަށް އަނެއްކާވެސް ލާއިންސާނީ ބޮޑެތި އަނިޔާތަކެއް ކުރުން: އާއިލާއިން ބުނަނީ އިސްރާއީލުން އުޅެނީ އޭނާ އަވަހާރަކޮށްލަން ކަމަށް

ޣައްޒާ ޕްލޭން ފާސްކުރި ވޯޓުގައި ބައިވެރި ނުވި ސަބަބު ރަޝިޔާއިން ހާމަކޮށްފި

TTH_advertisement