ކުއްލި ޚަބަރު

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

އައިލެންޑް އޭވިއޭޝަނަށް މިދިޔަ އަހަރު 2.8 މިލިއަން ރުފިޔާގެ ގެއްލުން، ކުރީ އަހަރަށްވުރެ ބޮޑުތަނުން ގެއްލުން ކުޑަ!

51362324 10155713772127583 8080561078536241152 n
މޯލްޑިވިއަންގެ ފުލައިޓެއް — ފޮޓޯ: މޯލްޑިވިއަން

މިދިޔަ އަހަރުވެސް އައިލެންޑް އޭވިއޭޝަނަށް 2.8 މިލިއަން ރުފިޔާ ގެއްލުންވެފައިވާ ކަމަށް އެކުންފުނީގެ އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އެ ކުންފުނީގެ އޮޑިޓް ރިޕޯޓު ދައްކާގޮތުން މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.27 ބިލިއަން ރުފިޔާއެވެ.

އެއިން ހިންގުމުގެ ހަރަދު ކެނޑުމުން، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށް ދައްކަނީ 171 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ މުވައްޒަފުންގެ މުސާރައަށާއި ފުލައިޓުތަކަށް އަޅަންޖެހޭ ތެލަށެވެ. އެގޮތުން މުވައްޒަފުންގެ މުސާރަށް 556.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ތެލަށް ހަރަދުކޮށްފައިވަނީ 478.5 މިލިއަން ރުފިޔާއެވެ.

އޮޑިޓް ރިޕޯޓުން ދައްކާގޮތުގައި އައިލެންޑް އޭވިއޭޝަނަށްގެ ފައިނޭންސިން ހަރަދުތަކާއި ޓެކްސްއަށް ދައްކާފައިވާ ފައިސާ ކެނޑުމުން 2.8 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވެއެވެ.

އައިލެންޑް އޭވިއޭޝަންގެ 2023 ވަނަ އަހަރުގެ ގެއްލުމަށްވުރެ މިއަހަރުގެ ގެއްލުން ބޮޑުތަން ވަނީ ކުޑަކުރެވިފައެވެ. މިދިޔަ އަހަރު ނިންމާލީ 71.4 މިލިއަން ރުފިޔާގެ ގެއްލުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1234

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

Mal

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

1234

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

Mal

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

TTH_advertisement