ކުއްލި ޚަބަރު

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

ނަޝީދާއި އީވާ އަލުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަނީ

އިސްރާއީލުން އީރާނާ ދެކޮޅަށް ހިންގި އުދުވާނު ކުށްވެރިކުރައްވައި، އިތުރަށް ހަމަނުޖެހުން ފުޅާަވިޔަނުދިނުމަށް ރައީސް ގޮވާލައްވައިފި

އިސްރާއީލުން މިއަދު ފަތިހު އީރާނާ ދެކޮޅަށް ދިން ހަމަލާތައް ކުށްވެރިކުރެއްވުމާއެކު، ހަމަނުޖެހުންތައް އިތުރަށް ފުޅާވިޔަނުދިނުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މިއަދު ފަތިހު އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އީރާނުގެ ވެރިރަށް ތެހެރާނާއި އީރާނުގެ އިތުރު ބައެއް ސިޓީތަކަށް ބޮން އަޅައިފަވެއެވެ. މި ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ ބައެއް އިސްވެރިންނާއި އެ ގައުމުގެ ނިއުކުލިއާ ސައެންސްވެރިންގެ ތެރެއިން ބައެއް ބޭފުޅުން އަވަހާރަވެފައިވާކަމަށް މީޑިޔާއިން ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން ތަސްނީމް ނޫސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުން އިންގިލާބީ ފާރަވެރިންގެ ކޮމާންޑަރު ޙުސައިން ސަލާމީގެ އިތުރަށް ނިއުކުލިއާ ދެ ސައެންސްވެރިންކަމަށްވާ މަހްދީ ޠަހްރާންޖީއާއި ފަރީދޫން ޢައްބާސީ އިސްރާއީލުން ދިން ހަމަލާތަކުގައި ޝަހީދުކޮށްލާފައިވެއެވެ.

އޭގެ އިތުރަށް އީރާނުގެ ޓީވީންވަނީ އެ ގައުމުގެ އާޒާދު ޔުނިވާސިޓީގެ ޗާންސެލާ މުޙައްމަދު މަހުދީ ޠަހްރާންޖީއާއި އީރާނުގެ އަސްކަރިއްޔާގެ ޚާތިމުލް އަންބިޔާއި ބޭސްގެ ކޮމާންޑަރު ޣުލާމް ޢަލީވެސް އަވަހާރަކޮށްލާފައިވާކަމުގެ ހަބަރު ލިބެމުންދާކަމަށް ރިޕޯޓުކޮށްފައެވެ. ނަމަވެސް އެ ދެ ބޭފުޅުން ޝަހީދުކޮށްލާފައިވާކަން ކަށަވަރުނުކުރެވޭކަމަށް އެ ޓީވީން ބުނެއެވެ.

މިހަމަލާތަކާ ގުޅިގެން އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓުގައި ރައީސް ސިފަކުރެއްވި ގޮތުގައި މި ހަމަލާތަކަކީ އީރާނާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ އުދުވާނެކެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ސާފުކޮށް ހިލާފު އަމަލެއް ކަމަށެވެ.

ރައީސް ފާހަގަކުރައްވާފައިވަނީ މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ ސަލާމަތާއި ހަމަޖެހުން ނުރައްކަލަށް ހުށަހެޅިގެންދެއެވެ. އަދި ހަމަނުޖެހުންތައް އިތުރަށް ފުޅާވިޔަނުދިނުމަށްޓަކައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް އިލްތިމާސްކުރައްވާފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ މަސްދަރުތަކާ ހަވާލާދީ ބައެއް މީޑިޔާއިން ރިޕޯޓުކުރި ގޮތުގައި މިއަދުގެ ފަތިހު ދިން ހަމަލާތަކަކީ ސިލްސިލާ ހަމަލާތަކެއްގެ ފެށުމެވެ. މި ހަމަލާތަކުގެ އަމާޒަކީ އީރާން އަސްކަރީ ގޮތުން ބަލިކަށިކޮށް އެ ގައުމުގެ ނިއުކުލިއާ ގާބިލުކަން ނެތިކޮށްލުމެވެ.

އީރާނުން މިހާރުވަނީ މި ހަމަލާތަކުގެ ރައްދުގައި ވަރުގަދަ ހަމަލާތަކެއް ކުރިއަށް އޮތް ތަނުގައި އިސްރާއީލަށް އަމާޒުވާނެ ކަމުގައި ބުނެ އިންޒާރު ދީފައެވެ. އަދި އީރާނުގެ ސިޔާދަތަށް އަރައިގަނެ އިސްރާއީލުން ހިންގި ޖަރީމާއަށް ރައްދުދޭނީ އިސްރާއީލުން ހީވެސްނުކުރާ ގޮތަކަށް ކަމުގައި އީރާނުން ބުނެފައިވެއެވެ.

ގުޅުންހުރި

82e

މިނިވަންކަމާއެކު ސިޔާސީ ލީޑަރުންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރައީސް މުއިއްޒު ގާއިމްކޮށްދެއްވައިފި: ނަޝީދު

ޔު

ތަހުގީގުން ހާމަވީ ޔުމްނު ވެއްޓުނީ ކަމަށް، ވައްޓާނުލާކަން ކަށަވަރުވެ ޔަގީންވެއްޖެ

90

މާލޭ ސިޓީ ކައުންސިލްގެ އާ އިމާރާތުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

Ui

ޗައިނާ-ސައުތު އޭޝިއާ ފޯރަމްއާއި އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް ނާޒިމް ޗައިނާއަށް

TTH_advertisement ELL Mobile Advertisement