ކުއްލި ޚަބަރު

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަނީ

މާދަމާރޭ ހިފާ ހަނދުކޭތައާއި ގުޅިގެން ހުރިހާ ރަށެއްގައި ކޭތަ ނަމާދުކުރާނެ

ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުމެއް ނެތް: ރައީސް ވަހީދު

402976 b8150d01 4
ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު — ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

އެސްއެސްޓީވީގެ “ބާރު ހަތަރެއް” ޕްރޮގްރާމުގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ބޭނުންފުޅުވަނީ ގައުމަށް ހިދުމަތްކުރެއްވުމަށް ކަމަށާއި 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުންފުޅު ނުގެންގުޅުއްވާ ކަމަށެވެ.

“އިންތިހާބަށް ކުރިމަތިލުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެން. އަޅުގަނޑުގެ އެ ދައުރު ނިމިއްޖެ. އަޅުގަނޑުގެ ވިސްނުމަކީ ގައުމަށް ހިދުމަތްކުރުން،” އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަހީދު ވިދާޅުވީ މި ސަރުކާރަށް ހިދުމަތްކުރެއްވުމުގެ ފުރުސަތު ރައީސް މުއިއްޒު ދެއްވުމަކީ ވަރަށް އުފާކުރައްވާ ކަމެއް ކަމަށާއި އެކަމަށްޓަކައި އެ މަނިކުފާނަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

419343 4ae86ad9 3

ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމަށް ތިން ބޭފުޅަކު އައްޔަންކުރައްވައިފި

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފި

Original 1757223274145

ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަނީ

66

ތިނަދޫ ރޯ ހައުސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ELL Mobile Advertisement TTH_advertisement