ކުއްލި ޚަބަރު

ފެނަކަ އާއި ބްލަޑް ސާވިސް ގުޅިގެން އައްޑޫގައި ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށަނީ

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ޝައިޚް ފަރީދުގެ ކަށު ނަމާދު މާދަމާ މެންދުރު ނަމާދަށްފަހު ބާއްވަނީ

Fareed99

ރާއްޖޭގެ މަޝްހޫރު ދީނީއިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު އަހްމަދުގެ ކަށު ނަމާދު މާދަމާ މެންދުރު ނަމާދަށްފަހު ކުރަން ނިންމައިފިއެވެ.

ޝައިޚް ފަރީދުގެ ކަށު ނަމާދު އޮންނާނީ މާދަމާގެ މެންދުރު ނަމާދަށްފަހު މެލޭޝިޔާގެ ރާޖާ ހާޖީ ފީސަބީލިﷲ މިސްކިތުގަ އެވެ. ވަޅުލުމަށް ހަމަޖެހިފައި ވަނީ ތަނާހް ޕަރްކުބުރަން އިސްލާމް ރައުދުލް ބަގީ ސަހަރާގައެވެ.

މޫނު ދެއްކުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 11:00 އިން މެންދުރު 12:30 އަށެވެ.

ޝައިހް ފަރީދު އަވަހާރަވީ، ދީނީ ދަރުހެއް ދެއްވުމަށް މެލޭޝިއާއަށް ފޭބި ވަގުތު އެއާޕޯޓުގައި ހުއްޓައެވެ. އޭނާ ވަޑައިގެންނެވީ ދީނީ ދައުވަތުގެ މަސައްކަތުގެ ދަށުން ދަރުސް ދެއްވުމަށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 53 އަހަރެވެ.

ޝެއިހް ފަރީދު ވަނީ ރާއްޖޭގައި ދީނީ ދައުވަތު ފެތުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. އެ ގޮތުން ޝެއިޚް ފަރީދު ކުރިއަށް ގެންދެވި ސިލްސިލާ ބޮޑެތި ދަރުސްތަކަކީ އެ ދަރުސްތަކުން ވަރަށް ގިނަ ބަޔަކަށް ހެޔޮ މަންފާ ކުރި އަދި އާންމުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމާއި ތަރުޙީބެއް ލިބިގެން ދިޔަ ދަރުސްތަކެކެވެ.

ޝައިޚް ފަރީދުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުން ރާއްޖޭގެ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި އަންނަ ހުކުރު ދުވަހު އޮންނާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qwo

ޝައިޚް ފަރީދުގެ ހަނދީ މިސްކިތް ބިނާކުރަން ސަރުކާރުން އެހީ ވަނީ

Faaaaaaaaa

ޝައިޚް ފަރީދުގެ ހަނދާނުގައި ރާއްޖޭގައި ވެސް މިސްކިތެއް އަޅަނީ

Fareed99

ފަރީދުގެ އަޑުން ރެކޯޑްކޮށްފައިވާ އައްމާ ފޮތް އާންމުކޮށްފި

ޝައިޚް ފަރީދުގެ ހަނދާނުގައި ބަންގްލަދޭޝުގައި މިސްކިތެއް އަޅަނީ، ބޭނުންވާ ފައިސާ ހަމަވެއްޖެ

TTH_advertisement