ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ޝައިހް ފަރީދުގެ ޖަނާޒާ ބާއްވަނީ މެލޭޝިއާގައި

މެލޭޝިއާގައި އިއްޔަގެ ވަގުތެއްގައި އަވަހާރަވި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އިބްރާހިމް ފަރީދު އަހްމަދުގެ ހަށިކޮޅު ރާއްޖެ ނުގެނެސް މެލޭޝިޔާގައި ޖަނާޒާ ކުރިއަށް ގެންދިމަށް އާއިލާއިން ނިންމާފައިވާކަމަށް ހިދުމަތް ޖަމިއްޔާއިން ވިދާޅުވެއްޖެއެވެ.

ޝައިޚް ފަރީދު އަވަހާރަވީ މެލޭޝިޔާގެ އެއާޕޯޓުގައި ހުއްޓާ އިއްޔެގެ ވަގުތެއްގައެވެ.

ހިދުމަތް ޖަމިއްޔާއިން ވިދާޅުވީ، ކުރިން ޝައިހްގެ ހަށިކޮޅު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރި ނަަމަވެސް، ހަށިކޮޅު ރާއްޖެ ގެންނަ ނަމަ ޕޯސްމޯޓަމް ހަދަން ޖެހޭތީ އާއިލާއިން އެކަން އެގޮތަށް ކުރަން ބޭނުން ނުވާކަމަށް ހިދުމަތް ޖަމިއްޔާ އިން ވަނީ ބުނެފައެވެ.

“ޝައިހް ދުނިޔޭގައި އަބަދުވެސް އިންކާރުކުރާ ކަންކަން މީ ޕޯސްޓްމޯޓަމްގެ ކަންތައް. އެގޮތުން އާއިލާން ވެސް ބޭނުން ވަނީ މިކޮޅުން މެލޭޝީއާއަށް ދެވޭ އާއިލާ މީހުން އެކޮޅަށް ދާން،” ހިދުމަތް ޖަމިއްޔާއިން ވަނީ ވިދާޅުވެފައެވެ.

ޝައިހް ފަރީދު އަވަހާރަވީ، ދީނީ ދަރުހެއް ދެއްވުމަށް މެލޭޝިއާއަށް ފޭބި ވަގުތު އެއާޕޯޓުގައި ހުއްޓައެވެ. އޭނާ ވަޑައިގެންނެވީ ދީނީ ދައުވަތުގެ މަސައްކަތުގެ ދަށުން ދަރުސް ދެއްވުމަށެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 53 އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Thilafushi

ނިޔާވެފައި އޮއްވާ ފެނުނީ ބަންގްލަދޭޝްގެ 24 އަހަރުގެ ފިިރިހެނެއް

MPL

އެމްޕީއެލް މުވައްޒަފަކު ފިޓު ޖެހުމުގެ ސަބަބުން މަރުވެއްޖެ

Image

އުމްރާ އިން އިއްޔެ އައި ދިވެއްސަކު ކުއްލިގޮތަކަށް މަރުވެއްޖެ

ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ ނަޢީމް އަވަހާރަވެއްޖެ

TTH_advertisement