ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ޝެއިޚް ފަރީދު އަދާކުރެއްވި ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް: ރައީސް

ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި ޝެއިޚް ފަރީދު އަދާކުރެއްވި ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ޝެއިހް އިބްރާހީމް ފަރީދު އަޙްމަދު އަވަހާރަވުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް ވިދާޅުވީ އެ ޚަބަރު އަޅުގަނޑު އަޑު އެހީ ފުން ހިތާމައާ އެކު ކަމަށެވެ.

‏އަދި ވިދާޅުވީ އިސްލާމް ދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ ޢިލްމު ވެރިޔާ މަރްހޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދަކީ، ޚުލްޤު ހެޔޮ، އަޅުވެރިއެއް ކަމަަށެވެ.

ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އެ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށް ވެެސް ވިދާޅުވި އެވެ.

‏މަރްޙޫމް ފަޟީލަތުއްޝައިޚް އިބްރާހީމް ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިޙްސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ޘަވާބު، އެންމެ ހެޔޮ ގޮތުގައި މާތްﷲ ދެއްވުމަށާއި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލަހައްޓަވާ، ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ރައީސް ވަނީ ދުޢާ ކުރައްވާފަ އެވެ.

ޝެއިޚް ފަރީދު ނިޔާވީ ކުއްލި ގޮތަކަށް މެލޭޝިޔާގަ އެވެ. މެލޭޝިޔާއަށް ވަޑައިގެންނެވީ ބައްދަލްވުމަކަށް މިއަދު އެވެ.

ނިޔާވީ އެއާޕޯޓަށް ފެއިބިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓިގެން ފަރުވާ ދެމުން ދަނިކޮށެވެ.

ޝެއިހް ފަރީދު ވަނީ ރާއްޖޭގައި ދީނީ ދަޢުވަތު ފެތުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ. އެ ގޮތުން ޝެއިޚް ފަރީދު ކުރިއަށް ގެންދެވި ސިލްސިލާ ބޮޑެތި ދަރުސްތަކަކީ އެ ދަރުސްތަކުން ވަރަށް ގިނަ ބަޔަކަށް ހެޔޮ މަންފާ ކުރި އަދި އާންމުންގެ ވަރަށް ބޮޑު ޝައުޤުވެރިކަމާއި ތަރުޙީބެއް ލިބިގެން ދިޔަ ދަރުސްތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

raees muiz

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޖަރުމަނުވިލާތުގައި ހުންނަ ދިވެހި އެމްބަސީއަށް ރައީސް ޒިޔާރަތްކުރައްވައިފި

ކުރެންދޫގައި ބިނާކުރި ‘މަސްޖިދުލް ސިއްދީޤް’ ހުޅުވައިފި

haafizun

މި ރަމަޟާން މަހު 31 ޙާފިޡުން ދަސްވެނިވާނެ

TTH_advertisement