ކުއްލި ޚަބަރު

ފުލުހުންނަށް އިންޒާރުދިން މައްސަލައަކާ ގުޅިގެން ޒާޔާގެ ފޯނު ހިފަހައްޓައިފި

މީޑިއާ ކޮމިޝަނަށް މެންބަރުން އިންތިހާބުވެއްޖެ

ހަންޏާމީދޫ ގެސްޓްހައުސް ހިންގާ ފަރާތްތަކާ ރައީސް ބައްދަލުކުރައްވައިފި

އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބަހައްޓަނީ

އައްޑޫސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ވެދަރ ރާޑަރެއް ބަހައްޓާފައި ހުރީ ހުޅުލޭގައި ހުންނަ މޫސުމާ ބެހޭ ޤައުމީ އިދާރާގައި އެކނިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ އައްޑޫ ސިޓީގައި ވެދަރ ރާޑަރެއް ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ރާޑަރ ސިސްޓަމްތައް ލިބުމާއެކު މުޅި ރާއްޖެ ރާޑަރ ނެޓްވޯކަކުން ގުޅާލުމަކީ ކުރެވޭ އުންމީދެއްކަމަށެވެ.

“މިއީ އަޅުގަނޑުމެންނަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެކަމަށް ޤަބޫލުކުރެވޭ. ވެދަރ ރޭޑަރތައް ބެހެއްޓި، ވެދަރ ފޯކާސްޓް ކުރުމާއި އެލަރޓް ނެރުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ އެއްކަންތައް އެއީ. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ މުޅި ރާއްޖޭގެ ތަރައްޤީއަށް އަދި އާންމު ރައްޔިތުންގެ ދިިރިއުޅުމަށް ވަރަށް ބޮޑު ގުޅުމެއް ވާކަންތައްތަކެއް. އެހެންވީމަ މޫސުމަކީ ހުރިހާ އެންމެނަށްވެސް މުހިންމު އެއްޗެއް.” މޫސުމާ ބެހޭ ޤައުމީ އިދާރާގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވިއެވެ.

ވެދަރ ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މޫސުން ބެލުމަށް ބޭނުންކުރެވޭ އެންމެފަހުގެ ޓެކްނޮލޮޖީއެވެ. ހުޅުލޭގައި ހުރި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާ ބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސް ޚިދުމަތް ފަށައިފި

މި ސަރުކާރުން ދައްކަމުން އެދަނީ ނިމިދިޔަ 2 ސަރުކާރުން ނެގި ލޯނުތައް: މެންބަރު ޠާރިޤު

މަޖިލީޙުގެ މި ދައުރަށް 27 ބިލެއް ހުށަހާޅާނެ: ރައީސް

އިހުއޮތް ރީތި އާދަތައް ދިރުވުމުގެ ގޮތުން ޤައުމީ މަޝްރޫޢެއް ފައްޓަވަން ގަސްތުކުރައްވަން: ރައީސް

TTH_advertisement