ކުއްލި ޚަބަރު

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

ޓޫރިޒަމް ޓްރަސްޓް ފަންޑް ހިންގަން 7 މެންބަރުންގެ ކޮމިޓީއެއް އެކުލަވާލަނީ

ރައްޔިތުން ބަރޯސާވެވޭ ތަނަކަށް ކައުންސިލްތައް ހަދަން ޖެހޭ: އާދަމް ޝަރީފް

ރައްޔިތުން ބަރޯސާވެވޭ ތަނަކަށް ކައުންސިލްތައް ހަދަން ޖެހޭ ކަމަށް ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު ވިދާޅުވީ، ކައުންސިލްތަކާއި ސަރުކާރާ އޮންނަ ގުޅުން ރަނގަޅުކޮށް ލާމަރުކަޒީ ނިޒާމުގެ ހިންގުން ހަރުދަނާ ކުރުމަކީ ސަރުކާރުން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ މައިގަނޑު މަސައްކަތަކީ ސަރުކާރާއި ކައުންސިލްތަކާ ދެމެދު މެދުވެރިއެއްގެ ރޯލު އަދާކުރުން ކަމަށާއި މިހާތަނަށް އައިއިރު ވުޒާރާގެ ހިންގުމުގެ މުހިންމު އުސޫލުތައް ހެދި އަމަލުކުރަން ފެށިފައިވާ ކަމަށެވެ.

“ކައުންސިލްތަކަށް ލިބޭ އިހްތިސޯސްގެ ތެރޭގައި ކަންކަން ކުރެވޭނެ ފުރުސަތުތަކާއި އެކަންކަން ކުރާނެ ގޮތްތަކެއް ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް. ރައްޔިތުން އިތުބާރުކުރާ ރައްޔިތުންނަށް ބާރޯސާވެވޭ ބަޔަކަށް ކައުންސިލްތައް ހަދަން ޖެހޭ، އެކަމަށްޓަކައި ލާމަރުކަޒީ ގާނޫނަށްވެސް ބަދަލުތަކެއް އަންނަން ޖެހޭ.” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީން ކުރިއަށް އޮތް ތަނުގައި އެންމެ އިސްކަމެއްދޭނީ ކައުންސިލުން ދެމުން އަންނަ ހިދުމަތްތައް ފުޅާކޮށް އެ ކައުންސިލްތަކަކީ ރައްޔިތުންގެ ބަސް އިއްވައިދޭ އިދާރާތަކަށް ހެދުމުގެ މަސައްކަތް ކަމަށެވެ.

ސަރުކާރުން އަންނަނީ، ކައުންސިލް އިދާރާތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބޮޑު މަޝްރޫއެއް ހިންގަމުންނެވެ. އެގޮތުން ޗައިނާ ސަރުކާރުގެ އެހީގައި 50 ކައުންސިލެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ސަރުކާރު ހަރަދުގައި 55 ކައުންސިލް އިދާރާއެއް އަންނަނީ ތަރައްގީކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޒަކާތުގެ ދެވަނަ ބައިނަލްއަޤްވާމީ މަހާސިންތާ ބާއްވަނީ

ޚާއްޞަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުއްވައިލައްވައިފި

އުއްތަމަފަނޑިޔާރުކަމަށް ޣަނީ އައްޔަންކުރަން މަޖިލީހުން ރުހުން ދީފި

ނައިފަރުން 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

TTH_advertisement ELL Mobile Advertisement