ކުއްލި ޚަބަރު

ނިމިފައިވާ ފްލެޓްތައް މިހަފްތާ ތެރޭ ހަވާލުކުރަން ފަށާނެ: އެފްޑީސީ

ކުރިއަށް އޮތް 20 އަހަރުގެ ތަރައްގީގެ ޕްލޭން ޖެނުއަރީ މަހު އިފްތިތާހު ކުރަނީ

ވައިގަދަވެ މަރަދޫފޭދޫގެ ހަތް ގެއެއްގެ ފުރާޅު އެއްލާލައިފި

ރައީސްގެ މަރްހަބާއިން އިތުރު ހިތްވަރެއް ލިބިއްޖެ: މަޚްލޫފް

ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ އަޙްމަދު މަޚްލޫފް ދިވެހިރާއްޖެއަށް ހޯދައިދިން ތާރީޚީ ކާމިޔާބީ ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވުމަކީ ލައިބާއަށާއި އޭނާގެ އާއިލާއަށް ލިބުނު މަތިވެރި އުފަލަކާއި ހިތްވަރެއްކަމުގައި، ލައިބާގެ ބައްޕަ އަދި ކުރީގެ ކުޅިވަރު ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

މަޚްލޫފް މިފަދައިން ވިދާޅުވެފައިވަނީ އިޖްތިމާޢީ މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. އޭގައި އޭނާ ވިދާޅުވެފައިވަނީ، ބައިނަލްއަޤްވާމީ އަދި ޤައުމީ މުބާރާތްތަކުގައި ލައިބާ ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި، ލައިބާގެ އިތުރު ކުރިއެރުމަށް ސަރުކާރުގެ “އަރުތަ” ޕްރޮގްރާމުގައި ހިމަނުއްވައިދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށާއި ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

މީގެއިތުރުން މަޚްލޫފް ވިދާޅުވެފައިވަނީ، ﷲގެ އިރާދަފުޅާއެކު އިތުރު ކާމިޔާބީތަކަށް ވާޞިލުވުމަށް ލައިބާ މަސައްކަތްކުރާނެ ކަމަށެވެ.

ކުރިއަރަމުން އަންނަ ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ ވަނީ އާމީނިއާގައި ބޭއްވުނު “އާމީނިއަން ޔޫތު އޯޕަން 2025” ގައި ވާދަކޮށް 3 ރަން މެޑެއް ހޯދާފައެވެ. 12 އަހަރުގެ ލައިބާ މި މުބާރާތުގައި ރަން މެޑެއް ހޯދާފައިވަނީ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓުތަކުންނެވެ.

މި ކާމިޔާބީ ފާހަގަކުރައްވައި، އިޖްތިމާޢީ މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ލައިބާ ހޯދި ކާމިޔާބީއަކީ ދިވެހި ޤައުމަށް ލިބުނު ބޮޑު ފަޚުރެއްކަމަށް ވިދާޅުވެ، އޭނާއަށް މަރުޙަބާ ދަންނަވާފައެވެ.

މިއީ ބައިނަލްއަޤްވާމީ ބެޑްމިންޓަން މުބާރާތެއްގެ ޖޫނިއަރ ކެޓަގަރީން ރާއްޖެއަށް ރަން މެޑެއް ލިބުނު ފުރަތަމަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ލައިބާއަކީ ކުޅިވަރުގައި ރަނގަޅު މުސްތަޤުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް ކަމަށެވެ.

“ބައިނަލްއަޤްވާމީ ޖޫނިއަރ ބެޑްމިންޓަން މުބާރާތެއްގައި ލައިބާ މި ހޯދި ކާމިޔާބީއަކީ ދިވެހި ޤައުމަށް ލިބުނު ވަރަށް ބޮޑު ފަޚުރެއް. އަދި މިއީ ކުޅިވަރުގައި ރަނގަޅު މުސްތަޤުބަލެއް ހޯދަން މަސައްކަތްކުރާ ކޮންމެ ކުއްޖަކަށް ނަމޫނާއެއް” ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ލައިބާއަށް އިތުރު ކާމިޔާބީތަކާއި ރަން ވަނަތަކަށް އެދިވަޑައިގަންނަވާ ކަމަށާއި، ހިތްވަރާއި ހުނަރުވެރިކަމާއެކު ކުރިއަށް ދިއުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިތްވަރު ދެއްވާފައެވެ.

މިއީ ބައިނަލްއަޤްވާމީ މުބާރާތެއްގައި ލައިބާ ރަން މެޑެއް ހާސިލުކުރި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ 2022 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ވާދަކުރަމުން އައިސްފައެވެ. ޔޫރަޕުގެ މުބާރާތްތަކުގައި ބައިވެރިވެ ލައިބާ ވަނީ 5 ރިހި މެޑެއް އަދި 15 ލޯ މެޑެއް ހާސިލުކޮށްފައެވެ.

މި ކާމިޔާބީއަކީ ދިވެހި ބެޑްމިންޓަން ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު މަންޒިލެކެވެ. ލައިބާގެ މި ކާމިޔާބީން ޅަ އުމުރުގެ ކުޅުންތެރިންނަށް ބޮޑު ހިތްވަރަކާއި ފަޚުރުވެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ. އަދި މިފަދަ ކާމިޔާބީތަކުން ދިވެހިރާއްޖޭގެ ކުޅިވަރު ދާއިރާ އިތުރަށް ކުރިއަރައި، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހި ކުޅުންތެރިންގެ ނަން މަތިވެރިވެގެންދާނެކަން ކަށަވަރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

gedoru veriya

ނިމިފައިވާ ފްލެޓްތައް މިހަފްތާ ތެރޭ ހަވާލުކުރަން ފަށާނެ: އެފްޑީސީ

އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާގެ ކުންފުންޏަކާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

112

ކުރިއަށް އޮތް 20 އަހަރުގެ ތަރައްގީގެ ޕްލޭން ޖެނުއަރީ މަހު އިފްތިތާހު ކުރަނީ

112

ވައިގަދަވެ މަރަދޫފޭދޫގެ ހަތް ގެއެއްގެ ފުރާޅު އެއްލާލައިފި

TTH_advertisement ELL Mobile Advertisement