ކުއްލި ޚަބަރު

50 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ރީނދޫ ސަމާލު

ކްރިމިނަލް ކޯޓުގެ ގާޒީ ކަމުން ފާއިޒު ސަސްޕެންޑުކޮށްފި

ހިތަދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދެމަފިރިއަކު ފެނިއްޖެ

އެމްއެންޑީއެފް ބޭންޑުގެ ޚާއްސަ ހަރަކާތްތަކެއް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި

އެމްއެންޑީއެފް ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ސަރުކާރު ވުޒާރާތަކާއި ދައުލަތުގެ އެކި މުއައްސަސާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާ އެކު ދިވެހިރާއްޖޭގެ ގައުމީ ދިފާޢީ ބާރުންނެވެ. “ޢީދު ހަވީރު 1446” ނަމުގައި ކުރިއަށްގެންދާ ހަރަކާތްތަކަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

ޢީދު ހަވީރު ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން އެމްއެންޑީއެފް ބޭންޑުގެ ޚާއްޞަ ހަރަކާތްތަކެއް މިރޭ ހުޅުމާލެ ސެންޓްރަލް ޕާކްގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މިހަރަކާތް ކުރިއަށްދާނީ 9 އަކުން ފެށިގެން 10އެއް ޖަހަންދެންނެވެ.

“ޢީދުހަވީރު 1446” އަކީ މިއަހަރުގެ އަޟްޙާ ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން ޤައުމީ ދިފާޢީ ބާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ ބޭނުމަކީ ޢީދު ބަންދުގައި އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ، މަޖާ ގޭމުތަކަކާއެކު ތަފާތު ތަޖުރިބާއެއް ކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ސިފައިންގެ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު މާލޭގައި އޮންނާނެ

ޓްރެފިކް އޮޕަރޭޝަނަށް އާންމުން ދިން އެއްބާރުލުމަށް ފުލުހުންގެ ޝުކުރު

އިސްލާމީ ގައުމުތަކުގެ ވެރިންނަށް އަޟްޙާ ޢީދުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

ލަންކާގައި ދިރިއުޅޭ ދިވެހިން ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށް, ގިނަ ހަރަކާތްތަކެއް

TTH_advertisement