ކުއްލި ޚަބަރު

އެއާޕޯޓުގެ އެމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖު ބަންދުކުރަން ނިންމައިފި

ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

ދުނިޔޭގެ އޯޒޯން ދުވަސް މި އަހަރުވެސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަނީ

ގްލޯބަލް ޓްރޭޑް އެންޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން ފޯރަމުގައި ރާއްޖެއިން ބައިވެރިވެއްޖެ

Knk

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި ބޭއްވި ބައިނަލްއަގުވާމީ ޤައުމުތަކުގެ އިގްތިސާދީ ތަރައްގީގެ ފޯރަމެއް ކަމުގައިވާ “ގްލޯބަލް ޓްރޭޑް އެންޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން” ފޯރަމުގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ޗައިނާ މީޑިއާ ގްރޫޕްގެ (ސީއެމްޖީ)ގެ ސިންހަޅަ ސާވިސްއިން އިންތިޒާމުކޮށްގެން މިދިޔަ ބުދަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ ޓްރޭޑުގައި މިހާރު ދިމާވާ ގޮންޖެހުންތަކާއި، އެކަންކަމުގެ ސަބަބުން ތަރައްގީވަމުން އަންނަ އަދި އެ ނޫން ވެސް ޤައުމުތަކުގެ ވިޔަފާރިއާއި ތަރައްޤީއަށް ކުރާ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ސްރީލަންކާ އާއި ދިވެހިރާއްޖެއިން ސިޔާސީ، ވިޔަފާރި، މީޑިއާ އަދި ތަޢުލީމީ ދާއިރާގެ މާހިރުންނާއި މަންދޫބުން ބައިވެރިވިއެވެ. އެގޮތުން މި ފޯރަމުގައި ރާއްޖެ ތަމްސީލުކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސީނިއާ ލެކްޗަރާ ނަޝީދާ ރަޝީދުއެވެ.

އޮންލައިންކޮށް ބައިވެރިވެޑައިގެން މުހިންމު ޚިޔާލުފުޅުތަކެއް ހިއްސާކުރައްވަމުން ނަޝީދާ ވިދާޅުވީ، އިޤްތިސާދީ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ދެ ބާރުކަމުގައިވާ އެމެރިކާ އަދި ޗައިނާއިން ކަނޑައަޅާފައިވާ ޓެރިފް ރޭޓްތަކުގެ އަސަރު ރާއްޖެއަށް ވެސް ކުރާނެ ކަމަށާއި، އެ އަސަރުތައް ކުޑަކުރުމަށް ގިނަ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އެގޮތުން އަދި މައިގަނޑު ގޮތެއްގައި އެކްސްޕޯޓަށް ބަރޯސާވާ ބައެއް ޤައުމުތައް ކަމުގައިވާ ސްރީލަންކާ، ވިއެޓްނާމް، ކެމްބޯޑިއާ އަދި ބަންގްލަދޭޝް ފަދަ ޤައުމުތަކަށް ވެސް އެމެރިކާ އަދި ޗައިނާގެ ޓެރިފް ރޭޓްތަކުގެ ސަބަބުން އަސަރުކުރާކަން ނަޝީދާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ވިޔަފާރިއާއި ޑިޖިޓަލް ތަރައްގީ އަދި ތިމާވެއްޓާއި ރައްޓެހި ދާއިރާތަކުން އެކި ޤައުމުތަކާ ގުޅުން ބަދަހިކޮށް، ޝިޕިންގ ފަދަ މުހިންމު ދާއިރާތައް ކުރިއެރުވުމަށް އެހެން ޤައުމުތަކާ ގުޅުން ބަދަހިކުން އިސްކަންދިނުމަކީ މުހިންމު ކަމެއް ކަމުގައި ނަޝީދާ ވިދާޅުވިއެވެ.

ނަޝީދާގެ އިތުރުން މި ފޯރަމުގައި ސްރީލަންކާގެ ފަރާތުން ބައިވެރިވެޑައިގެންނެވި އެ ޤައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ކަމުގައިވާ ލަކްމާލީ ހެމަޗަންދްރާ ވެސް ވަނީ އެއް ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި ގިނަ ޤައުމުތަކާއެކު ގުޅުން ބަދަހިކުރުމަށް ސްރީލަންކާ އިން ވެސް އިސްކަންދޭ ކަމުގައި ފާހަގަކުރައްވާފައެވެ.

މައިގަނޑު ގޮތެއްގައި މި ފޯރަމުގައިވަނީ ސަރަޙައްދީ ވިޔަފާރީގެ ނިޒާމު ހަރުދަނާކުރުމަށް ދޭދޭ ޤައުމުތަކުން އެކުގައި ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައެވެ. އެގޮތުން ޓެކްނޮލޮޖީ ފަދަ މުހިންމު ވަސީލަތްތަކުގެ ބޭނުން ހިފައި، ޤައުމުތަކުގެ އިގްތިސާދީ ދަތިތަކަށް ހޯދޭނެ ޙައްލުތަކާ ގުޅޭ މުހިންމު ޚިޔާލުތަކެއް މި ފޯރަމުގައި ހުށަހެޅިފައިވެއެވެ.

އަދި ކުރިއަށް އޮތްތަނުގައި މިފަދަ ބައްދަލުވުންތައް އިތުރަށް ބޭއްވުމަށްވެސް މި ފޯރަމުގައި ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

410283093 768792568627022 6908817978361705794 n

ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައިން ލޭންގުއޭޖްގެ ސެޓްފިކެޓް ލެވެލްގެ ކޯހެއް ފަށަނީ

ޖަޕާނުގެ ބޮޑުވަޒީރުގެ މަޤާމުން އިޝިބާ އިސްތިޢުފާދެއްވައިފި

66

އެއާޕޯޓުގެ އެމަޖެންސީ އެކްސަސައިޒްއާ ގުޅިގެން ސިނަމާލެ ބްރިޖު ބަންދުކުރަން ނިންމައިފި

Whatsapp image 2025 09 07 at 19.33.36

ސިވިލް ސާވިސްގެ ޚިދުމަތުގެ މުއްދަތު ގުނާ ގޮތަށް ގެނައި ބަދަލު ބާތިލުކޮށްފި

TTH_advertisement ELL Mobile Advertisement