ކުއްލި ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ

އައްޑޫ ހިތަދޫގައި ސައިކަލުތަކެއްގައި ރޯވެ، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

މިހާތަނަށް ކޮވިޑް ގެ 107 ކޭސް ރިޕޯޓްކޮށްފައިވޭ: ޞިއްޙީ ވުޒާރާ

ޞިއްޙީ ވުޒާރާއިން ޢާންމުކުރެއްވި އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހާތަނަށް ދިވެހިރާއްޖޭގައި ކޮވިޑް ގެ 107 ޙާލަތު ވަނީ ރިޕޯޓުކުރެވިފައެވެ. މީގެ އިތުރުން، އަރިދަފުސް ރޯގާއާ ގުޅުންހުރި އެހެނިހެން ބަލިތަކުގެ ތަފްޞީލީ މަޢުލޫމާތުވެސް ވަނީ ަނީ ހާމަކުރައްވާފައެވެ.

މި ތަފާސްހިސާބުތަކުގައިވާ ގޮތުން، މި އަހަރުގެ މިހާތަނަށް އިންފްލުއެންޒާގެ 128 ޙާލަތާއި، އަރިދަފުސް ރޯގާގެ 156,962 ޙާލަތު ވަނީ ރިޕޯޓުކުރެވިފައެވެ. ފާއިތުވި އަހަރާ އަޅާބަލާއިރު، މި އަހަރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރެވޭ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތުގައި އަރިދަފުސް ރޯގާގެ 4,794 ޙާލަތު ރިޕޯޓުކުރެވިފައިވާއިރު، މި އަހަރު ރިޕޯޓުކުރެވިފައިވަނީ 8,157 ޙާލަތެވެ.

ޑެންގީ ހުމުގެ ޙާލަތުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ރިޕޯޓުކުރެވިފައިވާ ޢަދަދު ވަނީ މަދުވެފައެވެ. މިދިޔަ އަހަރުގެ މެއި މަހު ޑެންގީގެ 675 ޙާލަތު ރިޕޯޓުކުރެވިފައިވާއިރު، މި އަހަރުގެ މެއި މަހު ރިޕޯޓުކުރެވިފައިވަނީ 116 ޙާލަތެވެ. މި އަހަރު ޑެންގީ ހުމުގެ ޙާލަތުތައް އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ މާލެ ސަރަޙައްދުގެ އިތުރުން ރ. އަތޮޅު، ކ. އަތޮޅު އަދި އއ. އަތޮޅުންނެވެ.

ޞިއްޙީ ވުޒާރާއިން ފާހަގަކުރައްވާފައިވާ ގޮތުގައި، މިހާރު ފެތުރެމުންދާ އަރިދަފުސް ރޯގާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކުރެވެނީ އިންފްލުއެންޒާ އަދި ކޮވިޑް-19 ގެ ޙާލަތުތަކެވެ. އަދި މި ބަލިތަކުގެ ޙާލަތުތައް އެންމެ ގިނައިން ރިޕޯޓުކުރެވިފައިވަނީ މާލެ ސަރަޙައްދުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މިލަދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތްް ހުޅުވައިފި

health ministry

ނަފްސާނީ ޞިއްހަތުގެ ޤައުމީ ހެލްޕްލައިނަށް މައްސަލައެއް ދިމާވުމުން ވަގުތީ ނަަންބަރެއް ދީފި

Gkivjyrwqaagsc3

ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ބޮޑު އިންސްޕެކްޝަނެއް ފަށައިފި

TTH_advertisement