ކުއްލި ޚަބަރު

ކުރިއަށް އޮތް 20 އަހަރުގެ ތަރައްގީގެ ޕްލޭން ޖެނުއަރީ މަހު އިފްތިތާހު ކުރަނީ

ވައިގަދަވެ މަރަދޫފޭދޫގެ ހަތް ގެއެއްގެ ފުރާޅު އެއްލާލައިފި

ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް އޮކްޓޯބަރު މަހަށް ނިންމަނީ

ކަރަންޓް ކެނޑުން: ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ފަށައިފި

Police vcle
ފުލުހުންގެ ވެހިކަލެއް — ފޮޓޯ: ޕޮލިސް

މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޚާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފައިވާ ކަމަށް ބުނެފި އެވެ.

ސްޓެލްކޯއިން ބުނި ގޮތުގައި ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައެއް ކުރިމަތިވެގެންނެވެ. އަދި މިހާރު އެކި ސަރަހައްދުތަކަަށް ބަހާލައިގެން އެ ކުންފުނިން އަންނަނީ ކަރަންޓު އަނބުރާ ދިނުމުގެ މަސައްކަަތް ކުރަމުންނެވެ. ވަރަށް ބޮޑު ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓް ދީފަ އެވެ.

ފުލުހުން ދެންމެ ބުނީ މާލެ ސަރަހައްދުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފައިވާ ކަމަށެވެ.

ގްރޭޓާ މާލޭ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުންގެ ހިދުމަތުން އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ވެސް ވަނީ ފަށާފައެވެ.

ފުލުހުންގެ ހިދުމަތުން ހާއްސަ ތަހުގީގެއް ފަށާފައިވާއިރު ކަރަންޓު ކެނޑުނު މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކަމާ ގުޅުންހުރި އިދާރާތަކަށް އަންގަވާފައިވެއެވެ. އަދި މިފަދަ ގޮަތަކަށް ކަރަންޓު ނުކެނޑޭނެކަން ކަށަވަރުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސްވަނީ އިރުޝާދުދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އެކުއަކަލްޗަރ ދާއިރާ ކުރިއެރުވުމަށް ޗައިނާގެ ކުންފުންޏަކާއިއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފި

112

ކުރިއަށް އޮތް 20 އަހަރުގެ ތަރައްގީގެ ޕްލޭން ޖެނުއަރީ މަހު އިފްތިތާހު ކުރަނީ

112

ވައިގަދަވެ މަރަދޫފޭދޫގެ ހަތް ގެއެއްގެ ފުރާޅު އެއްލާލައިފި

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ރައްކާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފި

ELL Mobile Advertisement TTH_advertisement