ކުއްލި ޚަބަރު

އަދާލަތު ޕާޓީގެ ރައީސް ކަމަށް ޝައިޚް ޝިފާން އިންތިޚާބުވެއްޖެ

އެމްއޭސީއެލް އިން ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ފަށައިފި

ފްރީ ސްޓޯރޭޖަށް ވިޔަފާރި ބަނދަރުގެ އޯޕަން ސްޓޯރޭޖް އޭރިޔާ ދޭ މުއްދަތަށް ބަދަލެއް

ރައީސްގެ ދެކަނބަލުންނަށް މަދީނާގެ އެއާޕޯޓުން ގާޑްއޮފް އޮނާ އެއް އަރުވައި ހޫނު މަރުހަބާއެއް ދަންނަވައިފި

Madheeenaaaaaaaaaaaaaaaaaaaaaaaaaaaa

މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް، މިއަދު ހެނދުނު ފުރާވަޑައިގެންނެވި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު ސަޢުދީ އަރަބިއާ އަށް ވަޑައިގެންނެވުމުން މަދީނާގެ އެއާޕޯޓުން ހޫނު މަރުހަބާއެއް ދަަންނަވައިފި އެވެ.

ސަޢުދީ ސަރުކާރުން ފޮނުއްވި ޚާއްސަ މަތިންދާބޯޓެއްގައި ވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާގެ ވަފުދަށް، މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ މަދީނާގެ ޑެޕިއުޓީ ގަވަރުނަރު އަބްދުލް މުހްސިން ހަމީދު އެވެ. އަދި ރާއްޖެއިން ސަޢުދީ އަރަބިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ވެސް ރައީސްގެ ވަފުދުގެ އިސްތިގްބާލުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

މަދީނާގެ އެއާޕޯޓުން ރައީސް އަށް ގާޑް އޮފް އޮނާއެއް އަރުވާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން، ސަޢޫދީ ޢަރަބިއްޔާގައި ތިއްބަވާނީ ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހްމާންދާރީގައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ދެކަނބަލުންނާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢުގެ ދެކަނބަލުން ހިމެނިވަޑައިގަންނަވައެވެ.

މީގެއިތުރުން އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފްގެ ދެކަނބަލުންނާއި ޗީފް އޮފް ޕްރޮޓޮކޯލް، މުޙައްމަދު ޝަހުދީ ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20251125 171638

ފޭސް 3 މަސައްކަތް އަވަސްކުރުމަށް އިތުރު ބިޔަ ޑްރެޖަރެއް ރާއްޖެ ގެނެސްފި

މުޅިރާއްޖޭގައި ތަރައްގީގެ 1،875 މަޝްރޫޢު އެބަހިނގާ: ރައީސް

112

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

Whatsapp image 2025 07 31 at 11.30.44

ރައީސް މުއިއްޒަށް މަރުގެ އިންޒާރުދިން މަސީހު 10 ދުވަހަށް ބަންދުކޮށްފި

TTH_advertisement