ކުއްލި ޚަބަރު

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

އަބްދުއްރަހީމްގެ ބަނަފުސާ އަދި އަރާއިރު ނެރެފި

Banaf

ރައްޔިތުން މަޖިލީހުގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ ގެ ޅެން ފޮތް “ބަނަފުސާ” އާއި ލަވަ އަލްބަމް “އަރާއިރު” ނެރެފިއެވެ. އަބްދުއްރަހީމުގެ ޅެންފޮތާއި އަދި ލަވަ އަލްބަމް ނެރުނީ އެކަމަށްޓަކައި ބޭއްވި ޚާއްޞަ ހަފުލާއެއް މިމަހުގެ 28 ވަނަ ދުވަހުގެ ރޭ ލ. ފޮނަދޫގައި ބޭއްވިއެވެ.

ފޮނަދޫގެ އަރާއިރުގެ އިރުން އޮންނަ ފަންނު ސަރަޙައްދުގައި ބޭއްވުނު މި ހަފުލާގައި، ޅެން ފޮތް ނެރެދެއްވީ މަޝްހޫރު ޅެންވެރިޔާ އާދަމް އަބްދުއްރަޙްމާން (އުތީމު އާދަމްބެ) އެވެ. އަދި ލަވަ އަލްބަމް “އަރާއިރު” ނެރެދެއްވީ އޮނަރަބަލް ހަމްދޫން ޙަމީދެވެ.

މި ހަފުލާގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މަޝްހޫރު ޅެންވެރިޔާ މުޙައްމަދު ޝާހިދު ޙަލީމް، އީސާ ޝަރީފް، ހަމްދޫން ޙަމީދު އަދި ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް އަލީ ހިމެނެއެވެ. މީގެ އިތުރުން، “އަރާއިރު” ލަވަ އަލްބަމުގެ މަސައްކަތްތައް ކުރި ‘ޓޮނިކް ލައިވް ސްޓޫޑިއޯ’ގެ ވެރިޔާ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) ވެސް ބައިވެރިވިއެވެ.

“އަރާއިރު” އަލްބަމަކީ ހިތްގައިމު 6 ލަވަ ހިމެނޭ އަލްބަމެކެވެ. މި ލަވަތަކުގައި ހިމެނެނީ އަބްދުއްރަޙީމް އަބްދުﷲ ގެ ޅެންތަކެވެ. އަދި ލަވަތައް ކިޔާފައިވަނީ ކުޑަ އިއްބެއެވެ. އަލްބަމުގައި ހިމެނޭ ރާގުތަކަކީ ދިވެހި އަމިއްލަ ރާގުތަކެކެވެ. ކުޑަ އިއްބެ ވިދާޅުވި ގޮތުގައި މި އަލްބަމުގެ ލަވަތައް ސައުންޑްކްލައުޑަށް ދޫކުރާނެއެވެ.

ހަފުލާގައި އަބްދުއްރަޙީމް އަބްދުﷲ ގެ ޅެންވެރިކަމާ ބެހޭގޮތުން ޝާހިދު ޙަލީމް، އީސާ ޝަރީފް، އާދަމްބެ އަދި އަޝްރަފް އަލީ ވާހަކަދެއްކެވިއެވެ. އަދި “އަރާއިރު” އަލްބަމް ނެރުމަށްފަހު އެ އަލްބަމުގައި ހިމެނޭ ޅެންވެރިކަމާ ބެހޭގޮތުން ހަމްދޫން ޙަމީދު ވާހަކަފުޅު ދެއްކެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mal

ސްކޭމްތަކުގައި ގެއްލުނު ތިން މިލިއަން ރުފިޔާ ހޯދައިފި

401488 728dbdff 0

ހަޤީގަތާ އެއްގޮތަށް ބޭނުން ކޮންމެ ވާހަކައެއް ދެއްކުމަށް އެއްވެސް ހުރަހެއް ނޯންނާނެ: ރައީސް

Badhuru

މަޝްއަރު ޓުއާސްގެ ވެރިޔާ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

Mal

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

TTH_advertisement