ކުއްލި ޚަބަރު

ޓައިމް މެގަޒިންގެ ސިއްހީ ދާއިރާގެ އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓަށް ރައީސް މުއިއްޒު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

ހުޅުމާލެ ހޮސްޕިޓަލުގައި 14 އެނދުގެ ޒަމާނީ އިމާޖެންސީ ރޫމް ހުޅުވައިފި

403058 48f1e9cf 1

ހުޅުމާލެ ހޮސްޕިޓަލުގައި ތަރައްގީ ކުރެވުނު 14 އެނދުގެ ޒަމާނީ އެމާޖެންސީ ރޫމް މިއަދު ހަވީރު ރަސްމީކޮށް ހުޅުވައިފިއެވެ. މި ރޫމް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިފައިވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ނިމުމާއެކު، ހުޅުމާލެ ހޮސްޕިޓަލުގެ އެމާޖެންސީ ރޫމްތަކުގެ އަދަދު ވަނީ ދެގުނަ އިތުރުވެފައެވެ. މިހާރު އެ ހޮސްޕިޓަލުގެ އެމާޖެންސީ ރޫމްގައި އެއްފަހަރާ 14 އެނދުގައި ބަލިމީހުންނަށް ފަރުވާ ދެވޭނެއެވެ.

އައު އެމާޖެންސީ ރޫމް ފަރުމާކުރެވިފައިވަނީ ޒަމާނީ ވަސީލަތްތަކާ އެކުގައެވެ. މީގެ ތެރޭގައި ކްރިޓިކަލް ބަލިމީހުންނަށް ޚާއްޞަާއްޞަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ކޮޓަރިއެއް ހިމެނެއެވެ. މި އެމާޖެންސީ ރޫމް ތައްޔާރުކޮށްފައިވަނީ ފުރާނައަށް ނުރައްކާވާ ހާލަތްތަކުގައި އަވަސް ފަރުވާ ދިނުމަށް އަދި ބޮޑެތި އެމާޖެންސީ ހާލަތްތަކަށް އިސްކަންދީގެންނެވެ.

މިދިޔަ އަހަރު ހުޅުމާލެ ހޮސްޕިޓަލް ޓާޝިއަރީ ފެންވަރަށް ބަދަލުކުރެވުނެވެ. މިހާރު އެ ހޮސްޕިޓަލުގައި 4 އޮޕަރޭޝަން ތިއޭޓަރާއި، އައިސީޔޫ، އެންއައިސީޔޫ އަދި ސީއެސްއެސްޓީގެ ޚިދުމަތް ލިބެއެވެ. ހުޅުމާލެ ހޮސްޕިޓަލުން އަހަރަކު 380,000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދެއެވެ.

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެފައިވަނީ މި އައު އެމާޖެންސީ ރޫމްގެ ސަބަބުން އެކްސިޑެންޓްތަކާއި ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ވަގުތުން ރަނގަޅު ފަރުވާ ލިބެން ފަށާނެ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެފައިވަނީ މި އައު އެމާޖެންސީ ރޫމަކީ ހުޅުމާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Main 20251010 170347

ހުޅުމާލެ ހޮސްޕިޓަލްގައި ކަކުލުގެ އާތުރޮސްކޮޕިކް ސާރޖަރީގެ ޚިދުމަތް

112

ހުޅުމާލޭ ހޮސްޕިޓަލްގައި އައިނު ފިހާރަ ހުޅުވައިފި

112

ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ޕްރޮގްރާމް ފަށަން ތައްޔާރުވެއްޖެ

ހުޅުމާލޭ ހޮސްޕިޓަލުގައި މެޑިކަލް އިންޓަރންޝިޕް ފުރިހަމަކުރުމުގެ ފުރުޞަތު ހުޅުވާލައިފި

TTH_advertisement