ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

މައްކާ ރޫޓް އިނީޝިއަޓިވްގެ ސްޓިއަރިންގ ކޮމިޓީގެ ޗެއަރމަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

މައްކާ ރޫޓް އިނީޝިއަޓިވްގެ ސްޓިއަރިންގ ކޮމިޓީގެ ޗެއަރމަން އަދި ހިޒް ރޯޔަލް ހައިނަސް ދަ މިނިސްޓަރ އޮފް އިންޓީރިއަރގެ އެޑްވައިޒަރ، ހިޒް އެކްސެލެންސީ ސުލައިމާން ބިން ޢަބްދުލް ޢަޒީޒް އަލްޔަޙްޔާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް ވައިގެބަނދަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މައްކާ ރޫޓް އިނީޝިއަޓިވްގައި ދިވެހިރާއްޖެ ހިމެނުއްވުމަށް ނިންމެވިކަމަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި ސަޢޫދީ ސަރުކާރަށް ޝުކުރުއަދާކުރައްވާކަން ހާމަކުރައްވާފައެވެ. އަދި އެ ނިންމެވުމުން ހާމަކޮށްދެނީ، ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުމަށް ދެއްވާ އަހަންމިއްޔަތުކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސުލައިމާން ބިން ޢަބްދުލް ޢަޒީޒް އަލްޔަޙްޔާގެ ވާހަކަފުޅުގައި ވަނީ، މައްކާ ރޫޓް އިނީޝިއަޓިވްގައި ދިވެހިރާއްޖެ ހިމެނުއްވުމަކީ ސީދާ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުގެ އިރުޝާދުގެ ދަށުން، މިއަހަރުން މިއަހަރަށް ތަންފީޒުކުރެއްވުމުގެ ނިޔަތުގައި ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އާއި މި ސަރުކާރަކީ މި އިނީޝިއަޓިވް ޙައްޤުވާ ފަދަ އަޚުލާޤެއް ދައްކާފައިވާ ޤައުމެއް ކަމަށާއި، މީގެ ކުރީގެ އަހަރުތަކުގައި ޙައްޖުގެ އިންތިޒާމުތައް ކުރިއަށްގެންގޮސްފައި ވާ ގޮތުން އެކަން ހާމަވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މައްކާ ރޫޓް އިނީޝިއަޓިވް މެދުވެރިކޮށް، ދިވެހި ޙައްޖުވެރީންނަށް ޙައްޖުގެ އަޅުކަމުގެ ދަތުރުފަތުރުގެ ކަންކަމުގައި ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ވިސާ އާއި އިމިގްރޭޝަންގެ ކަންކަން ފުރުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް ވައިގެބަނދަރުން ފުރިހަމަކުރެވި، މައްކއަށް ދެވުމާއެކު، އެއާޕޯޓުގައި އިތުރަށް މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނޭ އިންތިޒާމު ކުރެވި، ދާގީނާ އަދި އިމިގްރޭޝަން ކިއު ތަކުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހުން ފަދަ ލުއިފަސޭހަތައް ލިބިގެންދާނެއެވެ.

މިއީ ޙައްޖުގެ އަޅުކަން އަދާކުރުމުގައި ދިވެހި ޙައްޖާޖީންނަށް ލިބޭ ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. އަދި މިކަމަކީ ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ފިޔަވަޅަކަށް ވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

452755 e131cce8 c

އަތްތެރިމަސައްކަތުގެ ފަންނުވެރި ގުމޭރިއާގެ ދިވެހި ފޭއްޔެއް ރައީސް މުއިއްޒަށް ހަދިޔާކުރައްވައިފި

452742 326d5e5a 1

ސަލީމް ލިޔުއްވި ފޮތް ރައީސް މުއިއްޒަށް ހަދިޔާކުރައްވައިފި

452740 480afb86 8

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

448631 89f68b0e c

ހަމްބޯލްޓް ޔުނިވާސިޓީ އޮފް ބާލިންގައި ރައީސް މުއިއްޒު ތަގުރީރުކުރަން ހަމަޖެހިއްޖެ

TTH_advertisement